ތާޖް މޯލްޑިވްސް ރިސޯޓުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭެއްވި ހަރަކާތުގެ ތެރެއިން (ފޮޓޯ/ އިންޑިއާ އެމްބަސީ)

ޔޯގާ

ޔޯގާ ޑޭ މިފަހަރު ރިސޯޓެއްގައި؛ ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް މިނިސްޓަރެއް

ކުރީގެ ސަރުކާރުގައި 2022ގައި ޔޯގާ ދުވަހުގެ ހަރަކާތާ ގުޅިގެން ހިނގި ހަމަނުޖެހުމަށްފަހު، ރާއްޖޭގައި މިހާ ފުޅާކޮށް ޔޯގާ ދުވަސް ފާހަގަކޮށްފައި ނުވޭ
21 ޖޫން 2025
1

އިންޑިއާ އެމްބަސީން ކޮންމެ އަހަރަކު ރާއްޖޭގައި ފާހަގަ ކުރާ 'އިންޓަނޭޝަނަލް ޔޯގާ ޑޭ'، މިފަހަރު ތާޖް މޯލްޑިވްސް ރިސޯޓުގައި ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ތާޖް ރިސޯޓުގައި ބޭއްވި މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި މި ހަރަކާތުގައި 500އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް  - ޖޫން 21އަކީ، އިންޓަނޭޝަނަލް ޔޯގާ ޑޭގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. މިދިޔަ ސަރުކާރުގައި 2022ގައި އިންޑިއާ އެމްބަސީން މި ހަރަކާތް ބާއްވާފައިވަނީ، ގަލޮޅު ދަނޑުގަ އެވެ. އެފަހަރު ބައެއް ދީނީ އިލްމުވެރިންނާއި މީހުންނާއި އާންމުން ގަލޮޅު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުންތަކަށް ފަހު، މިގޮތަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ޔޯގާ ދުވަސް ފާހަގަކޮށްފައެއް ނުވެ އެވެ. އޭރު އެމީހުން ހަމަނުޖެހުން ހިންގީ، ޔޯގާއަކީ ހަރާމް އެއްޗެއް ކަމަށް ބުނެ އެވެ. 

އެ ސަރުކާރުގައި އެ ހަމަނުޖެހުން ހިންގި މީހުންގެ މައްޗަށް ދައުވާ ކުރި ނަމަވެސް، މިިދިޔަ ހަފްތާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމާފައިވަނީ އޭގެ ތެރެއިން ބައެއް މީހުންގެ ދައުވާތައް އަނބުރާ ގެންދިއުމަށެވެ.

ކޮމެންޓް (1)

ދުލްގަސް

21 ޖޫން 2025
އެމްޑީޕީ ސަރުކާރުގައި ހަރާން ހުރިހާ ކަމެއް ޕީޕީއެމް/ޕީއެންސީ ސަރުކާރުގައި ހަލާލުވާނެ
10 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް