ލ. ގަމުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެކަނިވެރި މައިންނަށް ދޭ އެލަވަންސް ޖެނުއަރީން ފެށިގެން ބޮޑުކުރަނީ

ތެލަސީމިއާ ކުދިންނަށް ވެސް އެލަވަންސެއް ދޭ ގޮތަށް ރައީސް ވަނީ ނިންމަވާފައި
22 އޮކްޓޯބަރު 2025
2

އެކަނިވެރި މައިންނާއި ބަފައިންނަށް މިހާރު ދެމުން އަންނަ އެލަވަންސް އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.

ވީ ކިހިނެއް؟- ލ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގަމުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެ އެލަވަންސް 3،000ރ.އަށް ބޮޑު ކުރައްވާނެ ކަމަށެވެ.

އެނގުން މުހިއްމު - އެކަނިވެރި މައިންނާއި ބަފައިންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް މިހާރު ސަރުކާރުން ދެނީ 2،000ރ. އެވެ. އަދި އެއް ކުއްޖަކަށް ވުރެ ގިނައިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް އިތުރަށް 1،000ރ. ދެ އެވެ. މި އެލަވަންސް ބޮޑުކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

ބުނީ ކީކޭ؟ - ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ:

  • އަލަށް ކަނޑައެޅި މި ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެ؛ އެއީ 211 މިލިޔަން ރުފިޔާ

  • އެ އެލަވަންސް ލިބެން ޖެހޭ 5،878 މީހުން އެބަތިބި

އެކަނިވެރި މައިންގެ އެލަވަންސްގެ އިތުރުން، ތެލަސީމިއާ ކުދިންނަށް ކޮންމެ މަހަކު ވެސް 1،000ރ.ގެ މަގުން އެލަވަންސެއް ދޭން ނިންމަވާފައިވާކަން ރައީސް އިއުލާން ކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެ އެލެވެންސަށް 11.7 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ކޮމެންޓް (2)

ތެފައާސާ.

22 އޮކްޓޯބަރު 2025
ޕީއެންސީގެ އެކްޓިވިސްޓުން، އެއްކޮޅުން ރައީސް ނަޝީދުގެ ވެރިކަމުގައި މި ގައުމު ވެލްފެއާރ ސްޓޭޓަކަށް ބަދަލުކުރެއްވީއޭ ކިޔައި ހަޅޭއްލަވަމުން، އަނެއްކޮޅުން ރައީސް މުއިއްޒުގެ މިކަހަލަ ވައުދުތައް ޕްރޮމޯޓްކުރުމުގައި ފޫގަޅައިގެން ތިބެ ބެރުދުންމާރި ޖަހަމުންދާއިރު އަހަރެމެންކަހަލަ ދުރުން މަންޒަރު ބަލަންތިބޭ މީހުންގެ ގާތަށް އަންނަނީ ހިނި. މޭކް އިޓް މޭކް ސެންސް!!
1 0

ސިކުނޑި

22 އޮކްޓޯބަރު 2025
ރައީސް މި ދަންމަވާ ހާސަރުތައް ރެކޯޑްކޮށްގެން އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ދައުރުގައި ވަކި ސެގްމަންޓެއް ގާއިމު ކުރަންކެޖޭ! ދެއުޅި އެއްނުވާ ވާހަކަތައް އިވިއިވި ރައްޔިތުން ބޯ ބުރާނތިވެއްޖެ! މިފަހަރު ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ހުރިހާ ވައުދެއްއެޅީ ކަނޑަށްކަމެއް ފަޅަށްކަމެއް ދަންނަ ރައްޔިތަކުނެތް! ކޮންމެ ރަށަކަށް ވަޑައިގަންނަވަނީ އެކްސްކަވޭޓަރަކާއި އޭޓީއެމްއެއް ހިފައިގެން! ރައީސަށް ތަންދޮރު ނޭނގޭތީ ގަބޫލު ކުރެވެނީ ދިވެހީންނަކީވެސް ހަމައެހާ ތަންދޮރު ނުދަންނަ ބައެއްކަމަށް! އެކަމަކު އެކަމެއް އެހެނެއްނުވާނެ! އިންސާނުންނަށް ކެތް ކުރެވޭނީ ވަކިވަރަކަށް!! ދޮގުވައުދުތަކާއި، ވައްކަމާ ދެކޮޅަށް އަޑު އުފުލުމަކީ ހިތަށް ތަސައްލީއެއްލިބޭނެ ކަމެއް! މަގުމަތީން ލިބޭ އަނިޔާއަށްވުރެ ލިބޭ ހިތްހަމަޖެހުން ބޮޑުވީމާ ދެން މީހުން ނިކުންނާނީ މަގުމައްޗަށް!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް