އަޑިއަށް ދިޔަ ނަސުރު ބޯޓު: ގިނަ ބައެއްގެ މުދާ އެ ބޯޓުން ގެއްލުނު (ފޮޓޯ: އެމްއެންޑީއެފް)

ނަސްރު ބޯޓު އަޑިއަށް ދިއުމުން ގެއްލުން ލިބުނު މީހުން އަންގަން އެދެފި

އުތުރުގެ ރަށްރަށަށް މުދާ އުފުލާ އެ ބޯޓަށް ބައެއް ރަށްރަށުން ބަރުކުރި މުދަލުގެ އަގު މިލިއަން ރުފިޔާއަށް ވެސް އަރާ ކަމަށް ވޭ
18 އޮކްޓޯބަރު 2025

އުތުރުގެ ބައެއް ރަށްރަށް މުދާ އުފުލާ، ނަސްރު ބޯޓު އިއްޔެ އަޑިއަށް ދިޔުމާ އެކު، އެއިން މާލީ ގެއްލުން ލިބުނު މީހުން ރިޕޯޓު ކުރުމަށް، ހދ. ކުމުންދޫ ކައުންސިލުން އެދެފި އެވެ.

ވީ ކިހިނެއް؟- ހދ. ނޭކުރަންދޫ މީހަކު ދުއްވާ ނަސްރު ބޯޓު އިއްޔެ އަޑިއަށް ދިޔައީ، މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަނިކޮށެވެ. އެކި ރަށްރަށުގައި ޖައްސާ މުދާ ބާލުވާ އެ ބޯޓު، ކުމުންދު އާއި ނޭކުރެންދޫގެ އިތުރުން އެ އަތޮޅު ވައިކަރަދު އާއި ކުރިނބީއަށް ވެސް ދިޔުމަށް އޮތީ ހަމަޖެހިފަ އެވެ.

ކޮޅިގަނޑެއްގައި ޖެހި ބޯޓު އަޑިއަށް ދިޔައިރު، އެއިން ދަތުރު ކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަށް އަނިޔާވި އެވެ.

އެނގިފައިވާ ގޮތުގައި އަޑިއަށް ދިޔަ ބޯޓުން އުތުރުގެ ރަށްރަށުން ގިނަ އަދަދެއްގެ މުދާ ބަރުކުރި އެވެ. ބައެއް ރަށްރަށަށް ގެންދަން އެރުވި މުދަލުގެ އަގު މިލިޔަނަކަށް އަރާ ކަމަށް ވެސް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ބުނީ ކީކޭ؟- ކުމުންދޫ ކައުންސިލުން މިއަދު ވަނީ އެ ބޯޓަށް މުދާ އެރުވި އެ ރަށުގެ ވިޔަފާރިވެރިންނާއި އާއްމުންނަށް ލިބުނު ގެއްލުމުގެ މައުލޫމާތު އެއްކުރަން ފަށައިފަ އެވެ. 

އެ ކައުންސިލުން ބުނިގޮތުގައި:

  • މައުލޫމާތު އެއްކުރަނީ، އެތަނުން ތައްޔާރުކުރާ ރިޕޯޓަކަށް

  • އެ ރިޕޯޓު، ޑިޒަސްޓާ މެނޭޖްމެންޓް އޮތޯރިޓީއާ ހިއްސާކުރާނެ

  • އެކަމަކު ގެއްލުމުގެ ބަދަލުދޭނީ އެ އޮތޯރިޓީން ކަމަށް ބުނި

ގޫގުލް ލިންކެއް މެދުވެރިކޮށް، އެ މައުލޫމާތު އަންނަ ހޯމަދުވަހުގެ ނިޔަލަށް އެއްކުރާނެ ކަމަށް ވެސް ކުމުންދޫ ކައުންސިލުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް