ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުރި ޒިވާރު: އޭނާ ވަނީ އެތަނުން މިހާރު ސަސްޕެންޑްކޮށްފައި

ސިނގިރޭޓު ވައްކަން: ކަސްޓަމްސްއިން ޒިވާރު ސަސްޕެންޑްކޮށްފި

ކަސްޓަމްސްއިން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ވަރަކަށް އިތުރު ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް
15 އޮކްޓޯބަރު 2025
2

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި، ކަސްޓަމްސްގެ ޑިޕާޓްމެންޓެއްގެ އިސް މަގާމެއްގައި ހުންނެވި ޒިވާރު އިސްމާއީލް ސަސްޕެންޑްކޮށްފި އެވެ.

ވީ ކިހިނެއް؟- ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް، 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ. 

ބުނީ ކީކޭ؟- ކަސްޓަމްސްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލައިގައި ހިމެނޭ، ސުޕްރިންޓެންޑެންޓް ޒިވާރު މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި، އިތުރު ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް އެތަނުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން، މިފްކޯއިން ވެސް މިއަދު ވަނީ، އެތަނުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި މުއާޒު އަލީ، 30 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.

މުއާޒާއި ޒިވާރުގެ އިތުރުން ދެން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:

  • އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)

  • ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް

އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި ވަގަށް ނެގީ މިދިޔަ އޭޕްރީލް ފަހުކޮޅު ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނާގައި ހިމެނޭ ސިނގިރޭޓެވެ.

އޭރު ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި:

  • 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި

  • މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ

ކޮމެންޓް (2)

ޕާޕާ

21 އޮކްޓޯބަރު 2025
ޒިވަަރު އަކީ ތި ކޮންޓެއިނާ އެތެރެ ކުރި އިރު އެ ހިފެހެއްޓި މުވައްޒަފު، ކަސްޓަމުގެ އޭނާގެ މައްޗަށް ހުރި ވެރިޔާ ގެ އަތެއް ތިކަމުގައި ނެއްކަމުގެ ކޮން ހެއްކެއް ކަސްޓަމްގެ ވެރިންނަށް އިނގެނީ،
0 0

ތެފައާސާ.

16 އޮކްޓޯބަރު 2025
އެޕޯލޯއިން ދިގަލި، ލޮޓަސްއިން އާއްޓޭ ސަސްޕެންޑު ނުކުރޭތަ؟ ކަންކަން ފަޅާއަރައި ރައްޔިތުންނާއި މީޑިއާތަކުން ކެކިއަރަންފެށީމާ ނަމަކަށް ހިންގާ މިކަހަލަ ތަހުގީގުތަކުން އަހަރެމެންގެ ގާތަށް އަންނަނީ ހިނި. ކޭސް އިން ޕޮއިންޓު؟ އެޗްޑީސީ ފަޒުލް އެންޑް އެމްޑަބްލިއުއެސްސީ ފަޒީލް ބިން ވިއްކި ކޭސް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް