ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މޫސުން

މޫސުން ގޯސްވާނެތީ ކަނޑުދަތުރު ކުރާއިރު ސަމާލުވާން އެދެފި

ރޭގަނޑު ދަތުރުނުކުރުމަށާއި މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރޭ

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުުރުތައް ނޫނީ ނުކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ހުޅަނގު މޫސުމުގެ ބާރުގަދަކޮށްލާފައިވާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓުން) ވަނީ ލަފާކޮށްފަ އެވެ.

ތަފްސީލް - އެމްއެންޑީއެފް އިން މިއަދު ބުނީ، ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެ އަށް އާންމުގޮތެއްގައި ވައި ބާރުވެ، ވިއްސާރަވެ، ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުންވެސް، ދަތުރުކުރާ އިރު މޫސުމަށް ސަމާލު ވުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން

  • ރޭގަނޑު ދަތުރުނުކުރުމަށާއި މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކުރުމަށް ވަނީ އިލްތިމާސް ކޮށްފައި 

  • މެޓުން ޔެލޯ ނުވަތަ އޮރެންޖު އެލާޓު ނެރެފައިވަނިކޮށް ދަތުރު ނުކުރަން ވެސް އިލްތިމާސްކޮށްފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް