ރައީސް މުއިއްޒު އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ރައީސް ށ. އަތޮޅަށް ފުރާވަޑައިގެންފި

ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި ށ. އަތޮޅުގެ މީހުން ދިިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވާނެ

ށ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒު މިއަދު އެ އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި ށ. އަތޮޅުގެ މީހުން ދިިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވާ އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ތަފްސީލް - ރައީސްގެ ދަތުރުފުޅުގައި ވަޑައިގަންނަވާނީ:

  • ކަނޑިތީމު

  • ނޫމަރާ

  •  ގޮއިދޫ

  • ފޭދޫ

  • ފީވައް

  • ބިލެތްފަހި

  •  ފޯކައިދޫ

  • މިލަންދޫ

  •  ނަރުދޫ

  •  މަރޮށި

  • ޅައިމަގު

  • ފުނަދޫ

  • ކޮމަންޑޫ 

  • މާއުނގޫދޫ

ރައީސްގެ ދަތުރުފުޅުގައި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާ  ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ގުޅުން ހުރި - ރައީސް ވަނީ މި މަހުގެ ކުރީކޮޅު އދ. އަތޮޅުގެ ރަށްރަށަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

13 އޮކްޓޯބަރު 2025
ށ. އަތޮޅުގެ ރައްޔިތުންނަށް އޭޓީއެމްގެ ބަހާރުމޫސުމެއް. ވަރަށް ބޮޑަށް މަރުހަބާ!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް