އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މަތީ އަރުތަވެރިންގެ އިނާމުގެ ޖަލްސާއެއްގައި ވާހަކަ ދަައްކަވަނީ. (ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ)

ގައުމު އުނގެނުމުގެ މަތީ އޮންނާނީ ވިސްނާ ފިކުރު ކުރާ ދަރިވަރުންތަކެއް އުފެއްދިގެން: އެޑިއުކޭޝަން މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ ވިސްނާ، ފިކުރު ކުރާ ދަރިވަރުންތަކެއް ނުއުފެދިއްޖެ ނަމަ، ސްކޫލު މަރުހަލާ ނިންމުމަށް ފަހު އޮއްޓަރު ހުރި ކަންތަކުގައި ޒުވާނުންނަށް ނޫޅެވޭ ތަން އަތުވެދާނެ ކަމަށް

ވިސްނާ، ފިކުރުކުރާ ދަރިވަރުންތަކެއް އުފެއްދިގެން ނޫނީ ގައުމު އުނގެނުމުގެ މަތީ ދެމި އޮންނަ ގައުމަކަށް ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވިސްނާ، ފިކުރު ކުރާ ދަރިވަރުންތަކެއް ނުއުފެދިއްޖެ ނަމަ، ސްކޫލު މަރުހަލާ ނިންމުމަށް ފަހު އޮއްޓަރު ހުރި ކަންތަކުގައި ޒުވާނުންނަށް ނޫޅެވޭ ތަން އަތުވެދާނެ ކަމަށެވެ.

ތަފްސީީލް - އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ސްކޫލުތަކުގައި ތައުލީމު ފޯރުކޮށްދެމުން އަންނަނީ އިސްލާމްދީން ދެކެ ލޯބިވާ، ގައުމުު ދެކެ ލޯބިވާ ކުއްޖަކު ދިރިއުޅުމަށް ތައްޔާރު ކުރުމަށް ކަމަށެވެ.

"މިއީ މުޅި މަންހަޖުގެ ފަލްސަފާ އަކީ ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކުއްޖަކު ދިރިއުޅުމަށް ތައްޔާރުކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ވިސްނާ، ފިކުރު ކުރާ ކުއްޖެއް ބިނާ ކުރުމަށް ކަމަށެވެ.

"އެހެން ނޫނީ އަޅުގަނޑުމެންނަށް ތައުލީމީ ނިޒާމު، ވަށާޖެހޭ ތައުލީމީ ނިޒާމަކަށް ބަދަލެއް ނުކުރެވޭނެ. ވިސްނާ، ފިކުރު ކުރާ ކުދިންތަކެއް، ޒުވާނުންތަކެއް އުފެއްދިގެން އަޅުގަނޑުމެންގެ މުޅި ގައުމު އުނގެނުމުގެ މަތީގައި ދެމިތިބޭ ގައުމެއްގެ ގޮތުގައި [އޮންނާނީ]،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ނޫނީ މަދުރަސާ ނިންމާފައި، ސްކޫލު މަރުހަލާ ނިންމާފައި މާ އުފެއްދުންތެރި، މާ އޮއްޓަރު ހުރި ކަންތައްތަކުގައި ނޫޅެވި އަޅުގަނޑުމެންގެ ޒުވާނުންނަށް އުޅެންޖެހިފައި [ތިބެންޖެހިދާނެ]."

މިއަދު ފެށި ކޮންފަރެންސްގެ ބޭނުމަކީ މުދައްރިސުން ޝާމިލުކޮށްގެން ޕްރިންސިޕަލުން މަޝްވަރާ ކުރާ ކަންތަކަށް ބިނާކޮށް ސިޔާސަތުތައް އިތުރަށް ތަރައްގީ ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.



ކޮމެންޓް (1)

ކުލްސޫމާ

11 އޮކްޓޯބަރު 2025
ކިޔަވައިގެން ތިބި މީހުންނަށް ހަދާލާ ގޮތް އެބަފެނޭ ވ. ކައިރިން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް