ޕީޖީ ހުސެން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އަމީނަށް ދައުވާކުރީ ގާނޫނާ އެއްގޮތަށް، އިސްތިއުނާފު ކުރާނަން: ޕީޖީ
އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ މުހައްމަދު އަމީންގެ މައްސަލައިގައި ދައުލަތުން ގޯސްހަދާފައި ނުވާނެ ކަމަށާއި ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޏ. ފުވައްމުލަކު މާދަޑު، ކަރިއްޔާވިލާ، އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ މުއްދަތު ހަމަވި ފަހުން ކަމަށްވާތީ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން ވަނީ މިއަދު ބާތިލުކޮށްފަ އެވެ.
ބުނީ ކީކޭ؟ - ހައިކޯޓުގެ ހުކުމާ ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހައިކޯޓުން އެ ނިންމުމަށް ވާސިލުވުމަށް، ސުޕްރީމް ކޯޓުގެ ހުކުމެއް މާނަކޮށްފައި ވަނީ ރަނގަޅަށް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ހައިކޯޓުގެ މި ނިންމެވުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރާނަމެވެ. މި މައްސަލައިގައި [ދައުލަތުން] ކަންކޮށްފައިވަނީ ގާނޫނުގައިވާ ގޮތަށެވެ،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.
ތަފްސީލް - ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ މައްސަލަ އިސްތިއުނާފް ކުރަން ނިންމީ:
-
ހައިކޯޓުގެ ނިންމުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ދެކޭތީ
-
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1 އިން 28 ގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާތީ
-
އެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކެއް ގާނޫނުގައި ކަނޑައެޅުމުގެ މަގުސަދު ގެއްލިދާތީ
އެނގުން މުހިންމު - އެމެރިކާއިން އެކުލަވާލި ޓެރަރިސްޓުގެ ލިސްޓުގައިވެސް ހިމެނޭ އަމީން ހައްޔަރުކުރީ މީގެ 2 އަހަރު ކުރިންނެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ:
-
ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ
ދައުވާ އުފުލީ ކީއްވެ؟ - ދައުލަތުން ބުނާ ގޮތުން:
-
ރާއްޖޭގެ އައިއެސް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ދީނީ ވަކި ވިސްނުންތައް ކުރިއެރުވުމަށް އޭނާ މަސައްކަތް ކުރި
-
ބޭރުގައި ހިނގާ ދާހިލީ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި ވެސް އޭނާ ބައިވެރިވޭ
އިތުރަށް ކިޔާލަން -
ކޮމެންޓް (1)
އަމީން