މީގެ ކުރިން އައްޑޫ އިން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމަށް ގެންދިޔަ ޖެނެރޭޓަރެއް (ފޮޓޯ/ފެނަކަ)

އައްޑޫ

އިންޖީނުތަކަށް މައްސަލަ ދިމާވެ އަނެއްކާވެސް އައްޑޫން ކަރަންޓު ކަނޑަނީ

ކަރަންޓު ކަނޑަމުން ދަނީ ކަރަންޓު ލޯޑު މަތިވުމުންނާއި ބައެއް އިންޖީނުތަކަށް ޓެކްނިކަލް މައްސަލަތައް ދިމާވުމުގެ ސަބަބުން ކަމަށް ކަމަށް އައްޑޫގެ ފެނަކަ ބްރާންޗުގެ ވައިބާ ގްރޫޕުގައި ލިޔެފައިވޭ

އައްޑޫގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓު ފޯރުކޮށްދޭ އިންޖީނުތަކަށް ކަރަންޓު މައްސަލަ ދިމާވެ އަނެއްކާވެސް އެ ރަށްރަށުން ކަރަންޓު ކަނޑަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ދެ ތިން ހަފްތާ އިން ފެށިގެން އެކި ވަގުތުތަކުގައި އެ ރަށްރަށުގެ ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން ދަނީ ކަރަންޓު ލޯޑު މަތިވުމުންނާއި ބައެއް އިންޖީނުތަކަށް ޓެކްނިކަލް މައްސަލަތައް ދިމާވުމުގެ ސަބަބުން ކަމަށް ކަމަށް އައްޑޫގެ ފެނަކަ ބްރާންޗުގެ ވައިބާ ގްރޫޕުގައި ލިޔެފައިވެ އެވެ.

ތަފްސީލް - މީގެ ކުރިން ވެސް އައްޑޫގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓު ފޯރުކޮށްދޭ ޖެނެރޭޓަރުތަކަށް މައްސަލަ ދިމާވެ ކަރަންޓު ކެނޑި އެވެ.

  • މި އަހަރުގެ ކުރީކޮޅު އަދި ފަހުން މެދު ތެރޭ ވެސް އައްޑޫގައި ކަރަންޓު ކެނޑޭ މައްސަލަ ދިމާވި

  • ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އައްޑޫގެ ރައްޔިތުން އަންނަނީ ފެނަކަ އަށާއި ސަރުކާރަށް ގޮވާލަމުން

  •  މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ފެނަކަ އިން މީގެ ކުރިން ވަނީ ބުނެފައި


ކޮމެންޓް (1)

ނިޒާރޫ

9 އޮކްޓޯބަރު 2025
ހެޔޮނުވާނެ ތިޔަ އިނަޖީނުތައް ނިޒާރު އާއި ހަވާލުކޮށްބަލަ-
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް