1 އޮގަސްޓް 2025: އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި 'ރަންރީނދޫ' ދުވުމުގައި އެ ޕާޓީގެ ގިނަ ބަޔަކު ބައިވެރިވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ހުކުރު ދުވަހުގެ އެއްވުމުގައި ހަމަޖެހުން ނަގާލަން އެބަ މަސައްކަތް ކުރޭ: ފުލުހުން

އެއްވުމުގެ ބައިވެރިން އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނި

ހުކުރު ދުވަހު އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ އެއްވުން ކުރިއަށް ގެންދަން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް އެއްވުމުގެ ބައިވެރިން މާލެ ތެރޭގައި ހިނގާލުން ކުރިއަށް ގެންގޮސް ހަމަޖެހުން ނަގާލަން މަސައްކަތް ކުރަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީ އިން ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ އެއްވުމަށް ފުލުހުން ވަނީ ހުއްދަ ދީފަ އެވެ.

ތަފްސީލް - ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ  ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ދީ،އެ ހަރަކާތްތައް ކުރިއަށް ގެންދާ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ފުލުހުން ހަމަޖައްސާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ހުކުރު ދުވަހުގެ އެއްވުން ކުރިއަށް ގެންދަން ހުއްދަ ދީފައިވާ ރޫޓު (ފޮޓޯ/ޕޮލިސް)

ފުލުހުންގެ ބަޔާނުގައި ބުނީ:

  • އެއްވުން ކުރިއަށް ގެންދަން ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، އެ ހިނގާލުން ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ

  • އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވޭ

މިއީ  މާލޭގެ އަމާން ކަމާއި އާންމު މަސްލަހަތު ގެލިދާނެ ކަންކަން ކަމަށް ފުލުހުން ބުންޏެވެ.

ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ހަރަކާތުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ގޮވާލާ ފުލުހުންގެ ބަޔާނުގައި ބުނީ، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެ ކަމަށެވެ.

އެއްވުން ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީ، ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމު ކޮށް މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ކޮމެންޓް (5)

ހަނީމް ނަޖީމް

1 އޮކްޓޯބަރު 2025
ފުލުހުންނަށް ގޮތަބަޔާ ވެރިކަން ނުދެމެހެއްޓޫން ،ފުލުހުންނަށް ހަސީނާގެ ވެރިކަށް ނުހިފެހެއްޓޫން، ފުލުހުންނަށް ނޭޕާލް ވެރިކަން ނުހިފެހެއްޓުން. ޒުވާނުންނިކުމެ މިގައުމުވެސް ކޮރަޕްޝަނުން ސަލާމަތްކޮށް ޖެންޒީ ބޭނުންވާ އަމާނަތްތެރި ވެރިޔަކާ ހަވާލު ކުރާނަން. އެއީ އެއްވެސް ޕާޓީއެއްގެ މީހަކަށް ނުވަނެ.
2 2

މުނީޒު އިއްޒު

1 އޮކްޓޯބަރު 2025
އެހެން ގައުމުތަކަށްވެސް ޖެންޒީ ނުހުއްޓުވުން. އިބްރަތް ހާސިލްކުރޭ. ނާގާބިލް ސިޔާސީންގެ ބޮޑު ފައުޖަކުން ގައުމު ލޫޓްވަން ފުރަސަތެއް ނުދެވޭނެ
2 1

ޏާއްކޮ

1 އޮކްޓޯބަރު 2025
@މުނީޒު އިއްޒު މޑޕ ޖެންޒީ އަކަށް އިތުބާރެއް ނުކުރާނަން. އަބަދުވެސް އުޅޭ ވައްތަރޭ މީ ވެރިކަމުން ވެއްޓޭ އިރަށް. މިހާރުވެސް އެމީހުން ފެނަކައިން ހިންގި ކަންތައްގަނޑު މި ފަޅާ އަރަނީ، އެވަރުންވެސް ލަދެއް ހަޔާތެއް ނެތިގެން މަގު މައްޗަށް ނިކުންނަނީ. މިއީ މުއިއްޒަށް ތާއީދު ކުރާތީ އެއް ނޫން. މިސަރުކާރުން ވެސް ހަމަ ކަނީ
2 2

ލާލް ހަސީން

1 އޮކްޓޯބަރު 2025
@ޏާއްކޮ ފަޒުލް ކޮރަޕްޝަން، ސްޖާ ސިފްކޯ ކޮރްޕްޝަން ވަހަކަވެސް ޖަހަލާ. ވަކި ޕާޓީއެއް ނޯންނާނެ ވެރިކަން ދެން ކުރާނީ ކޮރަޕްޓް ނޫން ޕާޓީ ނޫން މީހަކު.
2 1

ސިކުނޑި

1 އޮކްޓޯބަރު 2025
ދިވެހި ޒުވާނުން މަސްތުވާތަކެތި ބޭނުންކުރޭ! އެހެނޭކިޔާފަ ހުރިހާ އެންމެ ޖަލަކަށްވެސް ނުލެވޭނެ! މިގައުމުގައި ހަމަޖެހުމެއް އެބައޮތްތޯ؟ ޑޮލަރުގެ އަގަށް ހަމަޖެހުމެއް ނާންނަހާ ހިނދަކު ހިތަށްވެސް ގައުމަށް ވެސް ހަމަޖެހުމެއް ނާންނާނެ! މައްޗަކަށް ނާރާނެޔޭ އަޑަށް ބާރުލާފަ ކިޔަނީ! ހުރިހާ އެއްޗެއް ރާއްޖޭން ބޭރުން ގެންނަ ބަޔަކު އުޅޭގައުމެއްގައި ޑޮލަރުގެ އަގު އަރާނަމަ މީހުންގެ ޕްރެޝަރުވެސް މައްޗަށް އަރާނެ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް