އެފްޑީސީ ފްލެޓު ލިބޭ މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފެށުން (ފޮޓޯ/އެފްޑީސީ)
އެފްޑީސީ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ފްލެޓުތަކުގެ ތަޅުދަނޑި ރަސްމީކޮށް ހަވާލުކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ އަމާން އުދަރެސް ޓަވަރު14 ގައި ބޭއްވި ރަސްމިއްޔާތެއްގައި ޓަވަރުގައި ފުރަތަމަ ދިރިއުޅެން ފަށާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކޮށްދެއްވީ އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެވެ.
ތަފްސީލް - އެފްޑީސީ އިން ބުނީ ފުރަތަމަ ތަޅުދަނޑި ހަވާލުކުރާނީ އަމާން އުދަރެސް14 އިން ފްލެޓު ލިބުނު ފަރާތްތަކަށް ކަމަށެވެ. ތަޅުދަނޑި ހަވާލުރާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރާ ދުވަސް އަންގާނީ އެފްޑީސީ ޕޯޓަލް މެދުވެރިކޮށެވެ.
-
އެޕާޓުމެންޓުތަކަށް ބޮޑެތި ފަރުނީޗަރު ފަދަ ތަކެތި އެރުވުމަސް ޕޯޓަލް މެދުވެރިކޮށް އެފްޑީސީ އިން ވަނީ އިންތިޒާމުތައް ހަމަޖައްސާފައި
-
އެ ހިދުމަތް ހޯދުމަށް މިއަދުން ފެށިގެން ބުކް ކުރެވޭނެ
-
ތަކެތި ބަހައްޓަން ހާއްސަކޮށްފައިވާ ޖާގަ ބުކް ކުރުމުން އެ އިންތިޒާމު ހަމަޖެހޭނެ
ފްލެޓުތައް ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ޑައުން ޕޭމެންޓު ދެއްކުމުގެ އިންތިޒާމު ވެސް ޕޯޓަލް މެދުވެރިކޮށް ވަނީ ހަމަޖައްސައިފަ އެވެ.
އެފްޑީސީ ފްލެޓުތަކަށް ކަނޑައަޅާފައިވާ ކުލި:
-
ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް މަހު ކުއްޔަށް 7،000ރ. އަދި މެއިންޓެނެންސްއަށް 1،000ރ.އާ އެކު މަހަކު ޖުމްލަ 8،000ރ.؛ ޑައުންޕޭމެންޓަށް 15،000ރ.
-
ތިން ކޮޓަރީގެ އެޕާޓުމެންޓަށް މަހު ކުއްޔަށް 9،000ރ. އަދި މެއިންޓެނެންސްއަށް 1،500ރ.އާ އެކު މަހަކު ޖުމްލަ 10،500ރ.؛ ޑައުންޕޭމެންޓަށް 25،000ރ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އެފްޑީސީ އިން އަންނަނީ 32 ޓަވަރެއް ތަރައްގީ ކުރަމުންނެވެ.