ތ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުން (ފޮޓޯ/އެމްޓީސީސީ)

އާރުޓީއެލް ފެރީ

ތ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި

މިހާރު އާރުޓީއެލް ފެރީގެ ހިދުމަތް ނުފެށި އޮތީ 8 އަތޮޅެއްގައި؛ އެމްޓީސީސީން ބުނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ލަފާއާ އެކު އެ އަތޮޅުތަކުގައި ވެސް ހިދުމަތް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށް
25 ސެޕްޓެމްބަރު 2025

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލް މަޝްރޫއުގެ ދަށުން ތ. އަތޮޅުގައި އެ ހިދުމަތް ފަށައިފި އެވެ.

ވީ ކިހިނެއް- އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހިދުމަތް ފައްޓަވައިދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.

ތަފްސީލް - މިއީ އެމްޓީސީސީން މި ހިދުމަތް ދޭން ފެށި 12 ވަނަ އަތޮޅެވެ.

ޒޯން 4ގެ ގޮތުގައި ބަލާ ތ. އަތޮޅުގައި ހިދުމަތް ދިނުމަށް ޒަމާނީ 2 ހައި ސްޕީޑު ފެރީ ބޭނުން ކުރާނެ އެވެ.

  • ހަފްތާގެ 6 ދުވަހު 5 ރޫޓަކުން ފެރީ ހިދުމަތް އޮންނާނެ

  • ފެރީ ޝެޑިއުލް އާރުޓީއެލް އެޕުން އަދި ވެބްސައިޓުން ފެންނާނެ

  • ހޮނިހިރު ދުވަހުން ފެށިގެން އަންނަަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނީ އަހުލުވެރި ކުރުމުގެ ދަތުރުތައް

  • އޭގެ ފަހުން ދަތުރުތަކަށް އަގު ނަގަން ފަށާނެ

އެނގުން މުހިއްމު - މިހާރު އާރުޓީއެލް ފެރީގެ ހިދުމަތް ނުފެށި އޮތީ 8 އަތޮޅެއްގަ އެވެ. އެމްޓީސީސީން ބުނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ލަފާއާ އެކު އެ އަތޮޅުތަކުގައި ވެސް ހިދުމަތް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

މިހާރު އާރުޓީއެލް ހިދުމަތް ދޭ އަތޮޅުތައް:

  • ޒޯން 1: ހއ.، ހދ. އަދި ށ. އަތޮޅު

  • ޒޯން 2: ނ.، ރ.، ބ. އަދި ޅ. އަތޮޅު

  • ޒޯން 4: ތ. އަތޮޅު

  • ޒޯން 5: ގއ. އަދި ގދ. އަތޮޅު

  • ޒޯން 6: ފުވައްމުލައް އަދި އައްޑޫ

އިތުރު އާޓިކަލް

އިތުރު އާޓިކަލް