މީގެ ކުރިން ވަގަށް ރާއްޖެ އެތެރި ކުރި ސިނގިރޭޓުތަކެއް ކަސްޓަމްސްއިން އަތުލައިގަތުން (ފައިލް ފޮޓޯ/ ކަސްޓަމްސް)
ވަގަށް އެތެރެކުރަން އުޅުނު 1.8 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެފި
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 1.8 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ މި ތަކެތި އަތުލައިގަރީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް އައްޑޫ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިން ކަމަށެވެ.
ތަފްސީލް - އަތުލައިގަތް ސިނގިރޭޓުތަކުގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
-
އެ ޝިޕްމެންޓުގައި ޖުމްލަ 1،840،000 ސިނގިރޭޓު ސްޓިކް ހުރި
މި ކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދީ އެ އިދާރާ އިން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފާހަގަ ކުރެވޭ - މީގެ ކުރިން ވެސް ކަސްޓަމްސް އިން ވަނީ ވަގަށް ރާއްޖެ އެތެރެކުރަން އުޅުނު ސިނގިރޭޓު ޝިޕްމެންޓުތައް އަތުލައިގަނެފަ އެވެ.
މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ސިނގިރޭޓުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަނީ އާންމުުވެފަ އެވެ.
ކޮމެންޓް (1)
ސިކުނޑި