ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބްރާހިމް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ގާސިމަށް އެޑްމިޓްކޮށްގެން ފަރުވާ ދެނީ؛ ހާލު ރަނގަޅު
ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
ވީ ކިިހިނެއް؟ - އުމުރުން 74 އަހަރުގެ ގާސިމްގެ ސިއްހީ ހާލަތު ގޯސްވީ އަމިއްލަ ރިސޯޓު، ސަން އައިލެންޑްގައި ހުއްޓާ އިއްޔެގެ ވަގުތެއްގަ އެވެ.
އޮކްސިޖެން ލެވެލް ދަށްވުމުގެ ސަބަބުން ފްލައިޓުން ނުގެނެވި، އިމަޖެންސީގައި ގާސިމް އިއްޔެގެ ވަގުތެއްގައި މާލެއަށް ގެނެސްފައި ވަނީ ލޯންޗެއްގައި ކަމަށް މައުލޫމާތު އެނގޭ ބޭފުޅަކު 'ދައުރު'އަށް ވިދާޅުވި އެވެ.
ތަފްސީލު - ގާސިމްގެ ގާތް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، މިހާރު އޭނާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގަ އެވެ.
"ސިއްހީ ހާލަތު ގޯސްވެގެން އިއްޔެ އެޑްމިޓް ކުރީ. އިރާދުކުރެއްވީތީ މިހާރު ހާލު އަންނަނީ ރަނގަޅު ވަމުން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ގާސިމްގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.