ސިޓީ ކައުންސިލުން އެމްއެފްޑީއޭއާ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަން (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

މިންގަނޑަށް ނުފެތޭ ކެފޭތަކާއި ރެސްޓޯރެންޓުތައް ބަންދުކުރަން ފަށައިފި

މާލެ އާއި ވިލިމާލޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑަށް ފެތޭތޯ ބެލުމަށް މާލޭ ސިޓީ ކައުންސިލާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން އަންނަނީ ޖޮއިންޓު އޮޕަރޭޝަނެއް ހިންގަމުން
23 ސެޕްޓެމްބަރު 2025

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑަށް ނުފެތޭތީ މާލެ އާއި ވިލިމާލޭގައި އެ ހިދުމަތްދޭ ބައެއް ތަންތަން ބަންދު ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މާލެ އާއި ވިލިމާލޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑަށް ފެތޭތޯ ބެލުމަށް މާލޭ ސިޓީ ކައުންސިލާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން އަންނަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ސިޓީ ކައުންސިލުން އެމްއެފްޑީއޭ އާ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަން (ފޮޓޯ/މާލެ ސިޓީ ކައުންސިލް)
ސިޓީ ކައުންސިލުން އެމްއެފްޑީއޭ އާ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަން (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

ތަފްސީލު - މި އޮޕަރޭޝަނުގައި މިހާތަނަށް 25އެއްހާ ކެފޭ/ރެސްޓޯރެންޓު ވަނީ ބަންދުކޮށްފަ އެވެ.

މި އޮޕަރޭޝަނުގައި ސައި ހޮޓާ، ކެފޭ، ރެސްޓޯރެންޓު އަދި ޓޭކްއަވޭގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން ކާބޯތަކެތީގެ ހިދުމަތް ދިނުމަށް އެމްއެފްޑީއޭން ހުއްދަ ދީފައިވާ ތަންތަން ބަލާނެ އެވެ. އަދި ހުއްދަ ނުނަގާ އެ ހިދުމަތްތައް ދޭ ތަންތަން ވެސް އިންސްޕެކްޓު ކުރާނެ އެވެ.

ސިޓީ ކައުންސިލުން އެމްއެފްޑީއޭއާ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަން (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

ސިޓީ ކައުންސިލުް ބުނީ އެމްއެފްޑީއޭގެ  ހުއްދަ ނުނަގާ ގަވައިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ސާފުތާހިރުކަން ކުޑަގޮތަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ނޯޓިސްދީ ބަންދު ކުރާނެ ކަމަށެވެ.

ސިޓީ ކައުންސިލުން އެމްއެފްޑީއޭއާ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަން (ފޮޓޯ/މާލެ ސިޓީ ކައުންސިލް)
  • މި އޮޕަރޭޝަން އަންނަ ބުރާސްފަތު ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމި ނަމަވެސް މުއްދަތު އިތުރު ކުރުން އެކަށީގެންވާ ކަމަށް ސިޓީ ކައުންސިލުން ބުނި

އިތުރު އާޓިކަލް

އިތުރު އާޓިކަލް