ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް މިހާރު ފެންނާކަށް ނެތް

ރައީސް އޮފީސް

ރައީސް އޮފީހުގެ ޔޫޓިއުބް ހެކުކޮށްފި؛ ޗެނަލް 'ގެއްލިއްޖެ'

ޔާމީންގެ ވެރިކަމުން ފެށިގެން މިހާތަނަށް ރާއްޖޭގެ ރައީސުން ބައިވެރިވެވަޑައިގެންނެވި ހަފްލާތަކާއި ރަސްމިއްޔާތުތަކުގެ ލައިވް ވީޑިއޯތަކާއި ދެއްކެވި ވާހަކަފުޅުތައް ވެސް ހިމެނޭ ޔޫޓިއުބް ޗެނަލް ވެސް މިހާރު ފެންނާކަށް ނެތް
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ގޫގުލް އެކައުންޓު ހެކުވެ، ޔޫޓިއުބް ޗެނަލް ވެސް ގެއްލިއްޖެ އެވެ.

ވީ ކިހިނެއް؟ - ރޭ ދަންވަރު ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލުން ފެންނަން ހުރީ ކްރިޕްޓޯ ކަރަންސީއާ ގުޅޭ ލައިވް ސްޓްރީމެކެވެ.

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލުން ރޭ ފެންނަން ހުރި ލައިވް ސްޓްރީމް

ތަފްސީލް - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ފެށިގެން މިހާތަނަށް ރާއްޖޭގެ ރައީސުން ބައިވެރިވެވަޑައިގެންނެވި ހަފްލާތަކާއި ރަސްމިއްޔާތުތަކުގެ ލައިވް ވީޑިއޯތަކާއި ދެއްކެވި ވާހަކަފުޅުތައް ވެސް ހިމެނޭ ޔޫޓިއުބް ޗެނަލް ވެސް މިހާރު ފެންނާކަށް ނެތެވެ.

އެކައުންޓު ހެކު ވުމުގެ ކުރިން ރޭ ރައީސް މ. މުލީގައި ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުން ވެސް ލައިވް ސްޓްރީމުކޮށްފައިވެ އެވެ.

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ހެކުވެފައި

އެނގިފައިވާ ގޮތުގައި ޔޫޓިއުބް ޗެނަލްއާ ގުޅިފައިވާ ގޫގުލް އެކައުންޓު ވަނީ ހެކުވެފަ އެވެ. އެކައުންޓު އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެނގިފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް