އެންމެ ފަހުން ބޭއްވި އެމްއެމްސީގެ އިންތިހާބު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫﷲް ޖުނައިދު)

މީޑިއާ

އާ ގާނޫނާއެކު އެމްއެމްސީ އާއި ބްރޮޑްކޮމް އުވިއްޖެ

އާ ގާނޫނުގެ ދަށުން މީޑިއާތައް ރެގިޔުލޭޓު ކުރުމަށް ކޮމިޝަން އުފެއްދެންދެން، އުވުނު ދެ އިދާރާއިން ކުރި މަސައްކަތްތައް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ކޮމެޓީއެއް އެކުލަވާލާނެ
18 ސެޕްޓެމްބަރު 2025

މީޑިއާތަކާ ގުޅޭ އާ ބިލު މިއަދު ތަސްދީގުކުރައްވާ، ގާނޫނަކަށް ވުމާއެކު ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވިއްޖެ އެވެ.

ވީ ކިހިނެއް؟ - ދައުރުން ބޭރުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި ބިިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވީބިލު ތަސްދީގު ނުކުރެއްވުމަށް މީޑިއާތަކުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ވެސް ގޮވާލަމުން ދަނިކޮށް، އެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދެއްވުމަށްފަހު އެވެ.

ތަފްސީލް - އާ ގާނޫނުގެ ދަށުން މީޑިއާތައް ރެގިޔުލޭޓު ކުރުމަށް އާ ކޮމިޝަނެއް އުފައްދާނެ އެވެ. ކޮމިޝަން އުފެއްދެންދެން، އުވުނު ދެ އިދާރާއިން ކުރި މަސައްކަތްތައް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ކޮމެޓީއެއް އުފައްދާނެ އެވެ.

ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ގާނޫނަކަށްވި ނަމަވެސް އެ ގާނޫނު ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރޭ ވަނީ ބުނެފަ އެވެ.

  • ނޫސްވެރިންގެ ޑިމާންޑަކީ މިހާރު މީޑިއާ ކައުންސިލް އޮންނަ ގޮތަށް ހަމައެކަނި ނޫސްތަކާއި މީޑިއާ ތަމްސީލްކުރާ މެންބަރުން ހިމެނުން

  • އާ ގާނޫނުގެ ދަށުން އެކުލަވާލާ 7 މެންބަރުންގެ ކޮމިޝަނަށް 3 މެންބަރުން އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ކުރުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށް

  • އަނެއް 4 މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުން؛ އޭގެ ތެރޭ ބްރޮޑްކާސްޓަރުން ތަމްސީލު ކުރާ2 މެންބަރުން އަދި އެހެން މީޑިއާތައް ތަމްސީލު ކުރާ2 މެންބަރުން ހިމެނޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް