އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހު (މ) އާއި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޝެހެނާޒް (ކ) އެއްބަސްވުން ބަދަލުކުރައްވަނީ. (ފޮޓޯ/އެމްއެންޔޫ)

އެމްއެންޔޫގެ ކޯސްތައް ހިންގަން އިހަވަންދޫން އިމާރާތެއް ދެނީ

އެކަމާ ގުޅޭ އެއްބަސްވުމުގައި އިހަވަންދޫ ކައުންސިލްގެ އިދާރާ އާއި އެމްއެންޔޫއާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި
15 ސެޕްޓެމްބަރު 2025

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ކޯސްތައް ހިންގުމަށް ހއ. އިހަވަންދޫން އިމާރާތެއް ހަވާލުކުރުމަށް އިހަވަންދޫ ކައުންސިލްގެ އިދާރާ އާއި އެމްއެންޔޫއާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މި އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • އިހަވަންދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަހްމަދު ސޮބާހު 

  • އެމްއެންޔޫގެ ފަރާތުން ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް

ތަފްސީލް - މި އެއްބަސްވުމުގެ ސަބަބުން އިހަވަންދޫން ދޫކުރާ އިމާރާތް ވެގެންދާނީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، އިހަވަންދުއަށް ވަރަށް ބައިވަރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ތަނަކަށް ކަމަށް އެމްއެންޔޫން ބުންޏެވެ. އެގޮތުން:

  • ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެގެންދާނެ 

  • އިހަވަންދޫގެ ރައްޔިތުންނަށް ތައުލީމީ އަދި މަސައްކަތުގެ ދާއިރާއިން އާ ދޮރުތަކެއް ހުޅުވިގެންދާނެ 

  • އިހަވަންދުއަށް އުނގެނުމުގެ މާހައުލެއް ބިނާވެ، ރަށުގެ ޒުވާނުންނަށް ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ

މީގެ އިތުރުން، އެމްއެންޔޫގެ ކޯސްތައް ހިންގަން ފެށުމާ އެކު އިހަވަންދޫގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ ޔުނިވަސިޓީން ބުންޏެވެ. އެގޮތުން، ރަށުގައި ދިރިއުޅޭ މީހުންނަށް އާމްދަނީ ހޯދުމުގެ އާ މަގުތައް ފަހިވެ، ކުދި ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެކަން އެ ތަނުން ފާހަގަކުރި އެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް