ބ. ދޮންފަނު ބިންހިއްކަން ދެކޮޅު ހެދުމުން އެ ރަށު މީހުން ކަނޑުމަތީގައި މުޒާހަރާ ކުރަނީ

ބ. ދޮންފަނު

ދޮންފަނު މުޒާހަރާ: ފީނަން ދިޔަ ބަޔަކަށް ހުރަސްއަޅައި ފޮނުވާލައިފި

ދޮންފަނު ބިން ހިއްކުމުގެ ނިންމުން ރައީސް އަނބުރާ ގެންދެވުމުން އެކަމާ ދެކޮޅަށް އެ ރަށުގެ ބައެއް މީހުން ދަނީ ކަނޑުމަތީގައި މުޒާހަރާ ކުރަމުން
12 ސެޕްޓެމްބަރު 2025
1

ބ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްނުގެންދާތީ އެކަމާ ދެކޮޅަށް ކަނޑުމަތީގައި މުޒާހަރާ ކުރާ މީހުން، ފީނަން ދިޔަ ބަޔަކަށް ހުރަސް އަޅައިފި އެވެ.

ވީ ކިހިނެއް؟ - ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވުމަށް ފަހު، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން އެކަމާ ދެކޮޅަށް ތެދުވުމުން، ރައީސް ވަނީ ބިން ހިއްކުން ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ދޮންފަނުގެ ބައެއް ރައްޔިތުން ގެންދަނީ އެ ނިންމުމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން، ދޯނިފަހަރުގައި ކަނޑުމައްޗަށް ނުކުމެ ދަނީ އަޑުއުފުލަމުންނެވެ.

ތަފްސީލު - ސޯޝަލް މީޑިއާގައި މިއަދު އާއްމުވި ވީޑިއޯތަކަކުން ފެންނަ ގޮތުގައި، ދޮންފަނު ކައިރިއަށް ފީނަން ދިޔަ ބަޔަކަށް މުޒާހަރާ ކުރާ މީހުން ވަނީ ހުރަސް އަޅާފަ އެވެ.

ބ. ދޮންފަނު ބިންހިއްކަން ދެކޮޅު ހެދުމުން އެ ރަށު މީހުން ކަނޑުމަތީގައި މުޒާހަރާ ކުރަނީ

 "ހައްގުތައް ފޭރިގަތީ" ކަމަށް ބުނެ، ބޯޑުތައް ހިފައިގެން މަސް ދޯންޏެއްގައި ނުކުމެ އުޅުނު މީހުން، "މިތަނަކަށް ނުފީނޭ، އެހެންވެ މިތަނުން ދިޔުމަށް އިލްތިމާސްކުރަން" ކަމަށް ބުނާތަން އެ ވީޑިއޯތަކުން ފެނެ އެވެ. އެއާއެކު ފީނަން ނުކުމެ އުޅުނު މީހުން، "މިއީ ދޮންފަނާ ބެހޭ ހިސާބެއް ނޫން" ކަމަށް ބުނެ އެވެ. 

"މިއީ ކޮން ތަނެއް؟ އެ އޮތީ ދޮންފަން. އެ އޮތީ ހަނިފަރު ރަށްގަނޑު،" ދެ ރަށް ދައްކާލަމުން، ފީނަން ނުކުމެ އުޅުނު މީހަކު އެ ވީޑިއޯގައި ބުނެ އެވެ.

"މިއީ ކަލޭމެންނާ ބެހޭ ތަނެއް ނޫން. މިތަނަށް ފީނޭނެ."

އެއާއެކު، ދެ އުޅަނދުގައި ތިބި މީހުން ބަހުގެ ހަމަލާތައް ބަދަލު ކުރާތަން ވީޑިއޯއިން ފެނެ އެވެ.

އެނގުން މުހިއްމު - ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ، ދޮންފަނުގެ ކަނޑުގެ ސަރަހައްދަށް ނުފީނޭނެ ކަމަށް އެ ރަށުގެ ކައުންސިލުން އިއްޔެ ވަނީ ކަނޑައަޅާފަ އެވެ.

އެ ރަށުގެ ފަރުން ފެށިގެން 700 މީޓަރުގެ ސަރަހައްދެއްގައި ފީނުން މަނާކުރީ މިއަދުން ފެށިގެން ކައުންސިލުން ވަކި ގޮތެއް ކަނޑައަޅަންދެންނެވެ. އެ އެންގުމާ ހިލާފުވާ ނަމަ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ނަމަވެސް އެލްޖީއޭ އިން ރޭ ވަނީ އެ އެންގުން ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލް ކުރަން ކައުންސިލަށް އަންގައިފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

12 ސެޕްޓެމްބަރު 2025
ވެރިންގެ ކިބައިގައި ހުންނަ ކުއްލިކުއްލިއަށް ކަންކަން ނިންމުންފަދަ ނޭއްގާނީ ސިފަތަކާއިހެދު ކިހާބޮޑެތި ފިތުނަތޯ މި އުފެދިގެން ދަނީ؟ ވަށައިގެން ހުރި އެއްވެސް ކަމަކަށް ބަލައިނުލާ ހަމަ ކުއްލިއަަކަށް ބިންހިއްކުން އިއުލާންކޮށްފައި، ޕްރެޝަރު ބޮޑުވީމާ ރަށުގެ ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިނުދީ އަނެއްކާވެސް ހަމަ ކުއްލިއަކަށް ބިންހިއްކުން ކެންސަލްކޮށްލީމާ އޭގެއިން ނިކުމެގެން މި އުޅޭ މައްސަލައިގެ ޒިންމާ ވެރިން ނަގަންޖެހޭނެ. ހަމަ ކުފޫހަމަނުވަނީ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް