ގަނީ އުއްތަމަ ފަނޑިޔާރުގެ ލިޔުމާ ހަވާލުވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ސުޕްރީމް ކޯޓު

ދައުލަތުގެ އާމްދަނީން ލިބޭ ބަޔާ އެކު ޝަރުއީ ދާއިރާގެ ދުވެލި ހަލުވިވެގެންދާނެ: ސުޕްރީމް ކޯޓް

އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ އާމްދަނީން ކަނޑައެޅޭ ވަކި ޕަސެންޓެއް ވަކި އުސޫލެއްގެ ގޮތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން ކެބިނެޓުން ނިންމާފައިވޭ
11 ސެޕްޓެމްބަރު 2025

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ބްލޮކް ގްރާންޓުގެ ގޮތުގައި ޝަރުއީ ދާއިރާއަށް ދިނުމުން ދުވެލި ހަލުވިވެގެންދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.

ވީކިހިނެއް؟ - އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީން ކަނޑައެޅޭ ވަކި ޕަސެންޓެއް ވަކި އުސޫލެއްގެ ގޮތުން ބްލޮކް ގްރާންޓުގެ ގޮތުގައި ޝަރުއީ ދާއިރާއަށް ދޫކުރަން އިއްޔެ ކެބިނެޓުން ނިންމިކަން، ރައީސް މުހައްމަދު މުއިއްޒު މިއަދު ހެނދުނު އިއުލާން ކުރެއްވި އެވެ. 

ރައީސް މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓް ސުޕްރީމް ކޯޓުގެ ރަސްމީ ހޭންޑަލްއިން ރީޕޯސްޓްކުރުމަށް ފަހު ރައީސަށް ޝުކުރު އަދާކޮށްފައިވެ އެވެ. 

ތަފްސީލް - ރައީސް މުއިއްޒުއަށް ޝުކުރުއަދާކޮށް ސުޕްރީމް ކޯޓުން ކުރި ޕޯސްޓްގައި ބުނެފައިވަނީ މި ނިންމުން ދެމެހެއްޓެނިވި ނިންމުމަކަށް ހެދުމަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ނިންމީތީ ޝުކުރު އަދާކުރާ ކަމަށެވެ. 

އެ ނިންމުން ވެގެން ދާނީ ޝަރުއީ ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް ވަރަށް ތާރީހީ ނިންމުމަކަށް ކަމަށް ވެސް އެ ކޯޓުން ބުންޏެވެ. 

"މާލީ ގޮތުން ޖުޑީޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެ، އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތް އިތުރު ހަލުވި ކަމެއް އަންނާނެ ކަމަށް އުއްމީދުކުރަން،" ސުޕްރީމް ކޯޓުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް