ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ބަޖެޓުން ބައެއް ގްރާންޓްގެ ގޮތުގައި ޖުޑިޝަރީއަށް ދޭން ސަރުކާރުން ނިންމައިފި

އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިން ކަނޑައެޅޭ ވަކި ޕަސެންޓެއް ވަކި އުސޫލެއްގެ ގޮތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި
11 ސެޕްޓެމްބަރު 2025

 "މާލީ ގޮތުން ޖުޑިޝަރީ މިނިވަން ކުރުމަށް" ދައުލަތުގެ އާމްދަނީ އިން ކަނޑައެޅޭ ވަކި ޕަސެންޓެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ބަޖެޓުގައި ހިމަނަން އިއްޔެގެ ކެބިނެޓު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިއަދު 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުޑިޝަރީ މިނިވަންކަމާ އެކު ހިންގުމަށް އެންމެ މުހިއްމު ކަމަކީ މާލީ މިނިވަންކަން ލިބުން ކަމަށެވެ.

ތަފްސީލް -ޖުޑިޝަރީ އަށް މާލީ މިނިވަންކަން ދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިން ކަނޑައެޅޭ ވަކި ޕަސެންޓެއް ވަކި އުސޫލެއްގެ ގޮތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއާ އެކު ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

  • ބަޖެޓުން ދޭން ކަނޑައަޅާ އަދަދަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިން ތަކަށްވުރެ ބޮޑު އަދަދަކަށް ވާނެ

  • މިކަމަށްޓަކާ ގާނޫނީ، ފަންނީ އަދި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް