ފޮތް ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)

ރަށްރަށާއި އަތޮޅުތައް އުފެދިފައިވާ ގޮތާ ބެހޭ މުހިންމު ފޮތެއް ނެރެފި

މި ފޮތް ލިޔެފައިވަނީ ފޮތްތެރިކަން ކުރިއެރުވުމުގެ ގޮތުން އެމްއެންޔޫން އުފައްދާފައިވާ 'އެމްއެންޔޫ ބުކް ރައިޓިން ގްރާންޓު'ގެ ދަށުން ފޯރުކޮށްދިން ފުރުސަތުގެ ތެރެއިން
7 ސެޕްޓެމްބަރު 2025

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ އެހީތެރިކަމާ އެކު ރާއްޖޭގެ ރަށްރަށާއި އަތޮޅުތައް އުފެދިފައިވާ ގޮތާ ބެހޭ ގޮތުން ލިޔެފައިވާ 'އެޓޯލް އެންޑް އައިލޭންޑް ފޯމޭޝަން އިން ދަ މޯލްޑިވްސް' ފޮތް މިއަދު ނެރެފި އެވެ.

ވީ ކިހިނެއް؟ - މި ފޮތް ލިޔެފައިވަނީ ފޮތްތެރިކަން ކުރިއެރުވުމުގެ ގޮތުން އެމްއެންޔޫން އުފައްދާފައިވާ 'އެމްއެންޔޫ ބުކް ރައިޓިން ގްރާންޓު'ގެ ދަށުން ފޯރުކޮށްދިން ފުރުސަތުގެ ތެރެއިންްނެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ހަފްލާއެއްގައި މިފޮތް ނެރެދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ.

ތަފްސީލް - މިފޮތުގެ މުސައްނިފުންނަކީ:

  • މުޙައްމަދު ދީދީ 

  • ޑރ. އެންޑްރޭ ޑްރޮކްސްލާ

  • ޑރ. އާމިނަތު ޝިޔާމާ 

  • ޑރ. ފާތިމަތު ޝަފީގާ

މި ފޮތުގެ ލޭއައުޓު އަދި ޑިޒައިން ތައްޔާރުކުރީ މާދިހު މުހައްމަދެވެ. 

ފޮތް ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)

މިއީ، އެމްއެންޔޫން ބުނި ގޮތުގައި، ޑރ. އެންޑްރޭ ޑްރޮކްސްލާ 2023 ވަނަ އަހަރު އެމްއެންޔޫއަށް ފުލްބްރައިޓް ސްކޮލާ ޕްރޮގްރާމްގައި ކުރެއްވި ޒިޔާރަތުގައި އެ ޔުނިވަސިޓީގެ މުވައްޒަފުންނާ އެކު ބޭއްވި މަޝްވަރާތަކުގެ އެއް ނަތީޖާ އެވެ.

މިފޮތް ތައްޔާރުކޮށްފައިވަނީ ސްކޫލްތަކުގައި ޓީޗަރުންނާއި ދަރިވަރުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް އުނގަންނައިދިނުމުގައި ބޭނުންކުރާނޭ ވޯކްޝީޓްތަކާއި ތަމްރީންތަކުގެ އިތުރުން، ރާއްޖޭގެ ރަށްރަށާއި އަތޮޅުތައް އުފެދިފައިވާ ގޮތާ ބެހޭ ގޮތުން ސައިންޓިފިކް މައުލޫމާތު ހިމަނައިގެން ކަމަށް އެމްއެންޔޫން ބުންޏެވެ.

މިފޮތް، ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރެވޭ ފެންވަރަށް ތައްޔާރުކުރުމަށާއި ގައުމީ މަންހަޖާއި ގުޅުވުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަންނީ މުވައްޒަފުންނާއި ސްކޫލްތަކުގައި ސޯޝަލް ސްޓަޑީޒް ކިޔަވައިދެއްވާ ބައެއް މުދައްރިސުންގެ އެހީތެރިކަން ހޯދާފައިވާ ކަމަށް އެމްއެންޔޫން ބުންޏެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް