އެޗްއާރުސީއެމްއިން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެތަނުގެ މެމްބަރުންތަކެއް ބައިވެރިވެ ވަޑައިގަންނަވަނީ (ފައިލް ފޮޓޯ/ ޕީއެސްއެމް)

ވިސިލްބްލޯކުރި ކަމުގެ ތުހުމަތުގައިި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

އޭނާ ވަޒީފާއިން ވަކިކުރީ ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުގައި ހުރި ގޯސްކަންތައްތަކެއް ރިޕޯޓުކުރި މައްސަލަ ބަލަން ފެށުމުން، އެކަން ކުރި ކަމަށް ތުހުމަތުކޮށް
7 ސެޕްޓެމްބަރު 2025
8

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ ގޯސް ކަންތައްތަކެއް ފަޅާއަރުވާލި މައްސަލާގައި އެކަން ކުރި ކަމަށް ތުހުމަތުކޮށް، އެތަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ދަށުން ހިންގާ ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ތައްޔާރުކުރި ރިޕޯޓެއްގައި ބުނި ގޮތުގައި، އޮމްބަޑްސްޕާސަންގެ އޮފީހުގައި ހުރި ނުރަނގަޅު ކަންތައްތަކެއް އެ ތަނުގެ މުވައްޒަފުންތަކެއް ވަނީ އެ ޔުނިޓަށް ރިޕޯޓުކޮށްފަ އެވެ. އެއާ ގުޅިގެން، އެކަން ކުރި ކަމުގެ ތުހުމަތުގައި ބަދަލު ހިފުމުގެ ގޮތުން އެ ތަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ރިޕޯޓުގައި ބުނި ގޮތުގައި، އޭނާ ވަޒީފާއިން ވަކިކުރީ، މަސައްކަތުގެ މާހައުލުގައި އިހާނެތިކޮށް ކަންކަން ކުރުމަށް ފަހުގައި ކަމަށް ވަނީ އެނގިފަ އެވެ.

އެ ރިޕޯޓުގައި ބުނި ގޮތުގައި:

  • މުވައްޒަފުން މައްސަލަ ހުށަހެޅީ ކާކުކަން ނޭނގޭ ގޮތަށް

  • އެ މައްސަލަ ބެލުމުގެ މަރުހަލާގެ ތެރޭގައި އޮފީހުގެ މުވައްޒަފުންތަކެއް ސުވާލުކުރުމަށް ހާޒިރު ކުރިކަމަށް؛ އެ މީހުން ހާޒިރު ކުރީ ސިއްރު މަޖިލީހަކަށް

  • ވިސިލްބްލޯ ކުރީ ވަކި މީހަކު ކަމަށް ތުހުމަތުކޮށް، އޭނާއަށް ނޭއްގާނީކޮށް އަމަލުތައް ކުރަން ފެށި ކަމަށް ރިޕޯޓުކުރި

  • އެގޮތުން މަސައްކަތުގެ މާހައުލުގައި އޭނާއާ މެދު ތަފާތުކޮށް، ބާކީކޮށް، އަޑުގަދަކޮށް އެއްޗެހި ކިޔާފައިވާ ކަމަށް އެތަނުގެ އެހެން ބައެއް މުވައްޒަފުން ބުނި ކަމަށް

  • އެކަމަކު ވަޒީފާއިން ވަކިކުރީ، މައްސަލަތައް ފަޅާއަރުވާލި މުވައްޒަފު ނޫން ކަމަށް އެ ޔުނިޓުން ޔަގީންކޮށްދޭ

ވިސިލްބްލޯވާ ޔުނިޓުގެ ރިޕޯޓުގައި ބުނި ގޮތުގައި، ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކީ މަސައްކަތަށް ރަނގަޅު މީހެއް ކަމަށް އެކަމާ ގުޅޭ ބަޔާންތަކުން އެނގެން އޮވެ އެވެ. އެކަމަކުު އެ މައްސަލަ ފެންމަތިވުމާ އެކު މުވައްޒަފު ވަކި ކުރީ، 'އޭނާގެ އަހުލާގު ހުރިގޮތުން ތަނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވުމުގެ ފުރުސަތު ބޮޑުކަމުންނާއި އެންގުންތަކަށް ނުކިޔަމަންތެރިވުމާއި އޮފީސް މާހައުލުގައި ފަސާދަ އުފެއްދުމާއި ސާބިތުނުހިފޭ ވާހަކަ ފަތުރާ ކަމަށް' ބުނެ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި ބުނި ގޮތުގައި، މުވައްޒަފަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ކޯޓަށް ދެވިދާނެކަން މުވައްޒަފަށް މިހާރު ވަނީ އަންގާފަ އެވެ.

އެނގުން މުހިއްމު- މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (ޕޯސްޓް އޮފީސް)އާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތި ކުރި މުވައްޒަފަކު ވެސް ވަރަށް ފަހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެއާ އެކު، ވިސިލްބްލޯ ޕްރޮޓެކްޝަން ޔުނިޓުގެ އަމުރަށް ނުކިޔަމަންވި ކަމަށް ބަލައި 900،000ރ. އިން އެތަން ޖޫރިމަނާ ކުރި އެވެ.

ކޮމެންޓް (8)

ޗިލްރަން

9 ސެޕްޓެމްބަރު 2025
ދެން ވިސްނާލާ މީނަ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރާނެ ވަރު. އަދިވެސް މިކަހަލަ ނުލަފާ ޖާހިލު މީހުން ސިޔާސީ މަގާމުތަކަށް އަޅާ.
0 0

ނިއުމަތު

9 ސެޕްޓެމްބަރު 2025
ތީ ހަމަ ސީދާ ކަނޑައެޅިގެން ދޮގެއް!
0 0

ހައިޝަމް

7 ސެޕްޓެމްބަރު 2025
ނިއުމަތުއަކީ އޮފީހުގައި ކޯޕަރޭޓް އެފެއާޒް އަދި އޮޑިޓް ޑިރެކްޓަރ، މި އޮފީސް ހިނގަނީ ކުޑަ ފިހާރާއެއް ހިންގާހެން. ނިއުމަތު ބޭނުންވާ ބަޔަކަށް ފޭވާކޮށްގެން. އެހެންވެ އޮފީހުގެ ގިނަ މުވައްޒަފުންވަނީ ނަފުސާނީ ވެފަ. މިހާރުވެސް މި އޮފީހުގެ 3 މުވައްޒަފެއް ވަނީ ނަފުސާނީ ވެގެން ވަކިޚާއްޞަ ޗުއްޓީއެއް ނަގާފަ. ލީގަލް އޮފިސަރ ޝިފްލާ އަދި ނިއުމަތުގެ ޕަރސަނަލް ސެކްރެޓަރީ ވަނީ މައްސަލަ މަޖިލީހަށް ހުށަހަޅާފައި.
1 1

ޗަކް

7 ސެޕްޓެމްބަރު 2025
ނިއުމަތުގެ ވަޒީފާ މެޑަމް ކާރީގައި ބުނެގެން އަދި އިތުރު ދައުރަކަށް ދިގުދަންމާލަދީ. ލަދެއް ހަޔާތެއް ތި މަޖުލީހުގައި ހުރިނަމަ އޭނަ ވަގުތުން ވަކިކުރީސް.
6 0

ނާޒިމް

7 ސެޕްޓެމްބަރު 2025
ތިވަރު ކުރަން ހެޔޮ ނުވާނެ. ނިއުމަތު ތިއީ ހާދަ ނުލަފާ މީހެކޭ. ދެރައީ މުއިއްޒު މީނަގެ މުއްދަތު އިތުރުކުރީމަ. އެތައް 100 ޝަކުވާއެއް ނިއުމަތުއާއި ދެކޮޅަށް ހުށަހެޅީމަވެސް ބެލުމެއް ނެތި އިތުރު 5 އަހަރަށް މަގާމުގަ ބަހައްޓަން ނިންމާފަ އެހުރީ. މުވައްޒަފުން ގެންގުޅެނީ އަޅުން ގޮތަށް. އެތާ މުވައްޒަފުން އޭނާއަށް ކިޔަނީވެސް "މެޑަމް" އޭ. މީހާރުން މިހާރަށް ބޭރުކުރަން ޖެހޭ މީހެއް
8 0

މައްދު

7 ސެޕްޓެމްބަރު 2025
ކަލޭމެންނަށް ކޮން ފޯރިއެއް ތިއަރަނި. ކޮޓަރި ހިފީ އޮފީސް ދަތުރަކަށެ
3 1

ނަޖްފާ

7 ސެޕްޓެމްބަރު 2025
ނަމާދުކޮށްލަން ވަނީ މީޓިން ރޫމަށް މިވަރު ކޮށްލަން ހެޔޮނުވާނެ. ހެހެހެ
3 1

މައްދު

7 ސެޕްޓެމްބަރު 2025
@ނަޖްފާ ނަޖް ނަމާދުކޮށް ނިމެންދެން މީޓިންގ ރޫމަށް މީހަކު ވަދޭތޯ ޔަގީން ކޮއްލަން މީޓިންގ ރޫމް ލޮކް ކޮށްގެން އަޅުގަނޑުވެސް އެތެރޭގައި މަޑުކުރިން.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް