ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު: އުމުރުން 78 އަހަރުގައި މަނިކު އަވަހަރާވެފައި ވަނީ މިދިޔަ މަހު 30ގައި (ފޮޓޯ/މިހާރު)

މަޓީ

މުހައްމަދު އުމަރު މަނިކުގެ ހަނދާނުގައި މަޓީން ތައުޒިޔާގެ ދަފްތަރެއް

މާދަމާ އިން ފެށިގެން މި މަހު 14ގެ ނިޔަލަށް މި ދަފްތަރުގައި ސޮއި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހަނދާނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވާލުމަށް ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އުމުރުން 78 އަހަރުގައި މުހައްމަދު އުމަރު މަނިކު އަވަހާރަވެފައި ވަނީ ހާލު ދެރަވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާތާ މަހެއްހާ ދުވަސްް ފަހުން، މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ.

އަވަހަރާވިއިރު މަޓީގެ ޗެއާމަންގެ މަގާމުގައި ވެސް ހުންެނެވި މުހައްމަދު އުމަރު މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލާކަން އެ އެސޯސިއޭޝަނުން ހާމަކޮށްފައިވަނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ.

ބުނީ ކީކޭ؟ - އެ ބަޔާނުގައި ބުނީ:

  • ތައުޒިޔާގެ ދަފްތަރު ހުޅުވާލުމަށް ހަމަޖެހިފައި ވަނީ، މާދަމާއިން ފެށިގެން މި މަހު 14ގެ ނިޔަލަށް

  • ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9 އިން ހަވީރު 5އަށް ދަފްރުގައި ސޮއި ކުރެވޭނެ

  • ސޮއި ކުރުން އޮންނާނީ މަޓީގެ އޮފީސް، ފަސްމީރު ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި

ފާހަގަކޮށްލެވޭ - ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރުމާއި ރިސޯޓްތައް ހިންގުމުގައި އިސް ދައުރެއް މުހައްމަދު އުމަރު މަނިކު އަދާކުރެއްވި އެވެ. ސަރުކާރުގެ އެކި މަގާމުތައް ވެސް ފުރުއްވާފައިވާ މުހައްމަދު އުމަރު މަނިކުގެ ހިދުމަތް އެންމެ ފަހުން ލިބިވަޑައިގަތީ ސަރުކާރުގެ ބައެއް ކުންފުނިތަކަށެވެ. އެގޮތުން:

  • މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތްކުރެއްވި

  • އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ކުރެއްވި

  • 2013 އިން ފެށިގެން މިދިޔަ ޖެނުއަރީ މަސް ނިމެންދެން އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި ހުންނެވި

މުހައްމަދު އުމަރު މަނިކު ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ގައި ޝަރަފުވެރި ކަމުގެ އިނާމު ހާސިލްކުރައްވައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް