ޅ. ނައިފަރުގައި ތިންވަނަ އެޓޯލް މެރީން ސިމްޕޯޒިއަމް މިއަދު ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތިންވަނަ އެޓޯލް މެރިން ސިމްޕޯޒިއަމްއާ އެކު ޅަވިޔަނި ޓާޓަލް ފެސްޓިވަލް ފަށައިފި

މި އަހަރުގެ ފެސްޓިވަލްގައި 18 ޖަމިއްޔާއަކާއި ރިސޯޓުތަކާއި އަށް އަތޮޅެއްގެ 14 ސްކޫލަކާއި އެހެނިހެން ފަރާތްތަކުން ވެސް ބައިވެރިވޭ
5 ސެޕްޓެމްބަރު 2025

ތިންވަނަ އެޓޯލް މެރިން ސިމްޕޯޒިއަމާ އެކު މި އަހަރުގެ ޅަވިޔަނި ޓާޓަލް ފެސްޓިވަލް ޅ. ނައިފަރުގައި މިއަދު ފަށައިފި އެވެ.

ތަފްސީލް - އާންމުންނަށް ބައިވެރިވެވޭނެ އެކި ހަރަކާތްތަކާ އެކު، ތިމާވެށި ރައްކާތެރިކުރުމާއި ވެލާ ހިމާޔަތްކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން ފަތުރަން ބާއްވާ މި ފެސްޓިވަލްގައި:

  • ސްޓޯލްތައް އާންމުންނަށް ހުޅުވާލާނީ މާދަމާ 

  • 3000 އަށް ވުރެ ގިނަ މީހުން ފެސްޓިވަލްގައި ބައިވެރިވުމަށް ނައިފަރަށް ދާނެ ކަމަށް ބެލެވޭ 

  • އެ ސްޓޯލްތަކުގައި ދިވެހިންގެ އަމިއްލަ އުފެއްދުންތައް ބަލާލައި ތަފާތު ކާނާތަކުގެ ރަހަ ބަލައި ގޭމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ 

  • ސަލާމަތްކޮށްފައިވާ ވެލާތަކުގެ ހާލަތު ބަލައި އެ ސޮރުމެން ރިހެބިލިޓޭޓުކުރަން ކުރި މަސައްކަތްތައް އަޑުއަހާލުމުގެ ފުރުސަތު ލިބޭނެ

ނައިފަރުގެ ޕަބްލިކް ލައިބްރަރީގެ ހޯލުގައި ފެށި މި ފެސްޓިވަލްގެ ފުރަތަމަ ބައި ކަމަށްވާ އެޓޯލް މެރިން ސިމްޕޯޒިއަމްގައި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޖަމިއްޔާތަކުގެ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. ސްކޫލު ކުދިން ވެސް ބައިވެރިވި އެ ސިމްޕޯޒިއަމްގައި އެ ޖަމިއްޔާތަކުގެ ފަރާތުން ވަނީ އެކި މައުލޫއުތަކަށް ޕްރެޒެންޓޭޝަން ހުށަހަޅައި އެ ޖަމިއްޔާތަކުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދީފަ އެވެ.

ޅ. ނައިފަރުގައި ތިންވަނަ އެޓޯލް މެރީން ސިމްޕޯޒިއަމް މިއަދު ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޅ. ނައިފަރުގައި ތިންވަނަ އެޓޯލް މެރީން ސިމްޕޯޒިއަމް މިއަދު ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޕްރެޒެންޓޭޝަންތަކަށް ފަހު ވަނީ ސިމްޕޯޒިއަމްގެ ބައިވެރިންނަށް ސުވާލުކުރެވޭ ގޮތަށް ހުޅުވާލައިގެން ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން، އިކޮލޮޖިކަލް ކަނެކްޓިވިޓީ އެންޑް އޯޝަން ހެލްތު، ކުނިން ކަނޑު ތަގައްޔަރުވުމުގެ މައްސަލަ ހައްލުކުރާނެ ގޮތްތަކާއި ކޮންޒަވޭޝަންގެ ދާއިރާގައި މުޖުތަމައުތަކާއި ޒުވާނުން ބައިވެރިކުރުމާ ގުޅޭގޮތުން ވަކިވަކިން ޕެނަލް ޑިސްކަޝަން ބާއްވާފައިވެ އެވެ.

ޅ. ނައިފަރުގައި ތިންވަނަ އެޓޯލް މެރީން ސިމްޕޯޒިއަމް މިއަދު ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޅ. ނައިފަރުގައި ތިންވަނަ އެޓޯލް މެރީން ސިމްޕޯޒިއަމް މިއަދު ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޅަވިޔަނި ޓާޓަލް ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރު އެވެ.

މި އަހަރުގެ ފެސްޓިވަލްގައި އަށް އަތޮޅެއްގެ 14 ސްކޫލަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ބ.، ރ.، ނ. އަދި އއ. އަތޮޅު އަދި މާލޭގެ ބައެއް ސްކޫލުތައް ހިމެނެ އެވެ. އެ ދަރިވަރުން ބައިވެރިވާ އެކި މުބާރާތްތައް ވެސް ފެސްޓިވަލްގައި ކުރިއަށްގެންދާނެ އެވެ. މި އަހަރުގެ ފެސްޓިވަލްގައި 18 ޖަމިއްޔާއަކާއި ރިސޯޓުތަކާއި އެހެނިހެން ފަރާތްތަކުން ވެސް ބައިވެރިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް