ޝާހީނާ އަލީ: ރޭމަން މަގްސޭސޭ އެވޯޑު އޭނާއަށް ވަނީ ލިބިވަޑައިގެންފައި

ތިމާވެށި

އޭޝިއާގެ ޝަރަފްވެރި އެވޯޑު ޕާލޭގެ ޝާހީނާއަށް

މިއީ މި އެވޯޑު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރު
4 ސެޕްޓެމްބަރު 2025

އޭޝިއާގެ ޝަރަފްވެރި ރޭމަން މަގްސޭސޭ އެވޯޑު، ކަނޑުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޕާލޭ މޯލްޑިވްސް އެގްޒެކްޓިވް ޑިރެކްޓަރު ޝާހީނާ އަލީއަށް ލިބިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟- ފިލިޕިންސްގެ ކުރީގެ ރައީސް، މަގްސޭސޭގެ ނަމުގައި އެ ގައުމުގައި ދޭ މި އެވޯޑު ޝާހީނާގެ އިތުރުން ދެން ލިބިވަޑައިގެންފައިވަނީ ފިލިޕިންސްގެ އާއްމު ހިދުމަތްތެރިޔަކަށާއި އަންހެން ކުދިންގެ ތައުލީމަށް މަސައްކަތް ކުރާ އިންޑިއާގެ ޖަމިއްޔާއަކަށެވެ.

އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ދުނިޔޭގެ އެކި ޝަހުސިއްޔަތުންނަށް ދޭ އަދި އޭޝިއާގެ 'ނޯބަލް އިނާމު'ގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ މި އެވޯޑު މިހާތަނަށް ލިބިވަޑައިގެންނެވި ދިވެއްސަކީ ޝާހީނާ އެވެ.

އެ އެވޯޑު ދޭ ފައުންޑޭޝަންގެ ފަރާތުން މިއަދު ވަނީ ޝާހިނާގެ ތަޖުރިބާ އާއި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. 

މަގްސޭސޭ ފައުންޑޭޝަނުން ބުނިގޮތުގައި ޝާހިނާއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ހާއްސަކޮށް ކަނޑައަޅާ ކުނި މަދުކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ފަރާތެކެވެ. އަދި އޭނާގެ މި މަސައްކަތުން ކުރިއަށް އޮތް ޖީލުތަކަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް އެތަނުން ބުންޏެވެ.

ޕާލޭ މޯލްޑިވްސް އިން އަންނަނީ ރާއްޖޭގެ ކަނޑުތަކަށް އަޅާ ކުނި މަދުކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ޖަމިއްޔާގެ ގިނަ ޕްރޮގްރާމްތައް ރަށްރަށުގައި ގިނައިން ހިންގަ އެވެ. ޕްލާސްޓިކް ރިސައިކަލް ކުރުމާއި ކަނޑުފަޅުތައް ސާފުކޮށް، ކަނޑަށް ކުނި އެޅުމާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމުގައި އެ ޖަމިއްޔާގެ ދައުރު ބޮޑެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް