ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް މިއަދު ކުރަނީ

ގުޅިފަޅުން ދޫކުރާ ބިންތަކުގެ އިން ވަކިކޮށް، ސާފުކުރަން ފަށައިފި

ގުޅިފަޅުން 2،000އަށް ވުރެ ގިނަ ގޯތި ދޭން މި ސަރުކާރުން ވަނީ ނިންމައިފައި
3 ސެޕްޓެމްބަރު 2025

ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިންވަކިކޮށް، ބިންތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގިނަ ގޯތަކުގެ ރެޖިސްޓްރީ މިދިޔަ މަހުގެ ތެރޭގައި ވަނީ ދޫކުރަން ފަށާފަ އެވެ.

ބުނީ ކީކޭ؟ - ހައުސިން މިނިސްޓްރީން މިރޭ ވަނީ، ގޯތިގެދޮރުގެ އެ މަޝްރޫއުއަށް ބޮޑު ކުރިއެރުމެއް އައިކަން ފާހަގަކޮށް، އޭގެ އަޕްޑޭޓެއް ދީފަ އެވެ. އެ ތަނުން ބުނި ގޮތުގައި، ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.

ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިންވަކިކޮށް ކަޑަޖަހާފައި

އެނގުން މުހިއްމު - ގުޅިފަޅުން މިހާތަނަށް 1،200އަށް ވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.

ގުޅިފަޅުން ގޯތި ދޫކުރާ އަދަދު:

  • 1،250 އަކަފޫޓުގެ 684 ގޯތި

  • 1،650 އަކަފޫޓުގެ 1،242 ގޯތި

  • 2،050 އަކަފޫޓުގެ 923 ގޯތި

  • 2،450 އަކަފޫޓުގެ 479 ގޯތި

  • 2،850 އަކަފޫޓުގެ 158 ގޯތި

  • 3،250 އަކަފޫޓުގެ 49 ގޯތި

  •  3،650 އަކަފޫޓުގެ 22 ގޯތި

ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް މިއަދު ކުރަނީ

މިދިޔަ ސަރުކާރުން ފެށި 'ބިންވެރިޔާ' ސްކީމުގެ ދަށުން ގުޅިފަޅުން 2،000އަށް ވުރެ ގިނަ ގޯތި ދޭން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 މީހެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދޭން ވެސް ވަނީ ނިންމާފަ އެވެ.    

އިތުރު އާޓިކަލް

އިތުރު އާޓިކަލް