މަޖިލީހުގެ ކޮމެޓީއެއްގައި އަސްމާ
މެންބަރު އަސްމާގެ ނަން މަތީ މުދަލެއް، ގެއެއް ނެތް
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އެއްވެސް މުދަލެއް އަދި ގެއެއް ވެސް ނުހުންނަ ކަމަށް މާލީ ރިޕޯޓުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ރިޕޯޓުތައް މިއަދު ވަނީ އާންމު ކުރަން ފަށައިފަ އެވެ.
ތަފްސީލް - އަސްމާގެ މާލީ ބަޔާނުގައިވާގޮތުން މިދިޔަ އެއް އަހަރު ތެރޭ އޭނާ އަށް އާމްދަނީ އާއި މުސާރައިގެ ގޮތުގައި ލިބުނީ 973,830ރ. އެވެ.
މީގެ އިތުރުން ކުންފުންޏާއި ޕާޓްނާޝިޕް ހިއްސާގެ ފައިދާގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ނަމަވެސް، މާލީ ބަޔާނުގައި ހިމެނޭ އަމިއްލަ ނަމުގައިވާ ނުވަތަ އަމިއްލަ ކޮށްފައިވާ ޕާޓްނާޝިޕާއި ކުންފުނީގެ ހިއްސާގެ ބައިގައި އެއްވެސް އެއްޗެއް ހިމަނާފައެއް ނުވެ އެވެ. އެގޮތުން:
-
މެންބަރު އަސްމާގެ އަމިއްލަ ނަން މަތީ ބޭންކު އޮފް ސިލޯނު މާލޭ ބްރާންޗުގައި އޮންނަ އެކައުންޓުގައި 81،152.50ރ. އެބަހުރި
-
އެއްވެސް ލޯނެއް އަމިއްލަ ނަމުގައި ނެތް
-
ބީއެމްއެލްގެ ރުފިޔާ ކްރެޑިޓް ކާޑުން64،621ރ. އަދި ޑޮލަރު ކްރެޑިޓުު ކާޑުން 9،395 ޑޮލަރު ބޭނުންކޮށް އަދި ނުދައްކާ އެބައޮތް
-
އަމިއްލަ ނަމުގައި ރާއްޖެއިން ބޭރުގައި އަދި ރާއްޖޭގައި ވެސް ބިމެއް، އިމާރާތެއް، ފްލެޓެއް އަދި ގެދޮރެއް ވެސް ނެތް
މެންބަރު އަސްމާގެ އަމިއްލަ ނަމުގައި އެއްވެސް ގެޔެއް، ބިމެއް އަދި ފްލެޓެއް ފަދަ ތަނެއް ނެތް ކަމަށް މާލީ ބަޔާނުގައި އޮތް އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، އަސްމާ އާއި އޭނާގެ ބޭފުޅުންގެ ނަން މަތީގައިވާ، މ. ކޮތަންމާގޭގައި ހިމެނޭ ގޯއްޗެއް 19 މިލިއަން ރުފިޔާއަށް ވަނީ ވިއްކާލައިފަ އެވެ.
މީގެ އިތުރަށް މާފަންނުގައި ޔޫތް ސެންޓަރު ކައިރީ މަޖީދީ މަގުގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތަކާއި ސަރުކާރުގެ ވަރަަށް ގިނަ އޮފީސްތައް ހުންނަ ސްޓާކުލައުޑް އިމާރާތަކީ އޭނާގެ އާއިލީ އިމާރާތެކެވެ.
ކޮމެންޓް (4)
މުސްތަޤުބާބަނަސޮރު
ހޮރު
ސިކުނޑި
ތެފައާސާ.