ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު (ފޮޓޯ/ މަޖިލީސް)

ޝުޖާއުއަށް އަހަރެއްގެ ތެރޭ މުސާރަ އާއި ކުލީގެ ގޮތުގައި 2 މިލިއަން ރުފިޔާ؛ ދަރަނި 4 މިލިއަންގައި

ޝުޖާއުގެ ނަންމަތީ ހުޅުމާލޭގެ ބިމަކާއި ރޯހައުސްއެއް އަދި ފްލެޓެއް އެބަހުރި؛ ރޯހައުސް ދިނީ 2015 ވަނަ އަހަރު އޭނާ ވަޒީފާ އަދާކުރި ކުންފުނިން
3 ސެޕްޓެމްބަރު 2025

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ފާއިތުވި އަހަރު ތެރޭ މުސާރަ އާއި ކުލީގެ ގޮތުގައި 2 މިލިއަން ރުފިޔާ ލިބުނު ކަމަށް މާލީ ބަޔާނުގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިއަދު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ފަށައިފަ އެވެ.

ތަފްސީލް - ޝުޖާއުގެ މާލީ ބަޔާނުގައިވާ ގޮތުން، ފާއިތުވި އަހަރު ތެރޭ އޭނާއަށް މުސާރައިގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ކުލީގެ ގޮތުގައި 210،000ރ. ލިބިފައިވާ ކަމަށް ވެސް މާލީ ބަޔާނުގައިވެ އެވެ.

  • ޝުޖާއުގެ ނަން މަތީ ހުޅުމާލޭގެ ބިމަކާއި ރޯހައުސްއެއް އަދި ފްލެޓެއް އެބަހުރި

  • ރޯހައުސް ދިނީ 2015 ވަނަ އަހަރު އޭނާ ވަޒީފާ އަދާކުރި ކުންފުނިން

  • މީގެ އިތުރުން ބާރަށުގައި ވެސް އޭނާގެ ގެއެއް ހުރޭ

  • ބިމާއި ދެ ގޯތި ގަތީ ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިން

  • ހުޅުމާލޭގައި ހުންނަ ގޯތި، ޑޭޒީ ހޯމްގެ އަގަކީ 9 މިލިއަން ރުފިޔާ

ޝުޖާއުގެ ނަންމަތީ ހުރި ހަ ބޭންކު އެކައުންޓުގައި ޖުމްލަ 80،235.28ރ. އާއި 700.87 ޑޮލަރު ހުރި ކަމަށް އޭނާގެ މާލީ ބަޔާނުގައިވެ އެވެ.

ޝުޖާއުގެ %50 ހިއްސާ އޮފިޝަލް އިވެންޓްސްގައި އަދި %40 ހިއްސާ ސްވޯން ފެމެލީ ކިޔާ ކުންފުންޏެއްގައި އޮވެ އެވެ.

އޭނާގެ އަތުގައި ނަގުދު ފައިސާގެ ގޮތުގައި 3،200 ޑޮލަރާއި 13،100 ސްރީލަންކަން ރުފީސް އަދި 150 ޔޫއޭއީ ދިރުހަމްގެ އިތުރުން 5،780ރ. ހުރި ކަމަށް ވެސް މާލީ ބަޔާނުގައިވެ އެވެ.

  • ޝުޖާއުގެ ނަން މަތީ ބީއެމްއެލް އިން ނަގާފައިވާ ދެ ލޯނާއި ބޭންކު އޮފް ސިލޯނުން ނަގާފައިވާ ލޯނެއް އެބައޮތް؛ އެއީ ޖުމްލަ 4.4 މިލިއަން ރުފިޔާ

  • އޭނާގެ ކުންފުނި، އޮފިޝަލް އިވެންޓްސްގެ ނަމުގައި ވެސް ބީއެމްއެލް އިން ނަގާފައިވާ 5 މިލިއަން ރުފިޔާގެ ލޯނެއް އެބައޮތް

  • ބޭންކު އޮފް ސިލޯން އިން ދޫކޮށްފައިވާ 100،000 ސްރީލަންކަން ރުފީސްގެ ކްރެޑިޓު ކާޑަށް 78،731 ރުފީސް ނުދައްކާ އެބައޮތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް