މަޖިލީހުގެ ޖަލްސާގައި ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
އަހަރެއްގެ ތެރޭ ފަލާހުއަށް 5 މިލިއަން ރުފިޔާގެ އާމްދަނީއެއް
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހަށް ފާއިތުވި އަހަރު ތެރޭ އާމްދަނީގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ބަޔާނުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިއަދު އާންމުކުރަން ފަށާފައިވާ އިރު ފަލާހުގެ މާލީ ބަޔާނުގައިވާ ގޮތުން މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައިގެ އިތުރަށް އޭނާ އަށް އާމްދަނީ ލިބެނީ ވިޔަފާރީގެ ނަފާގެ އިތުރުން ގެދޮރު ކުއްޔަށް ދީގެންނެވެ.
ތަފްސީލް - އެ ބަޔާނުގައިވާ ގޮތުން ފާއިތުވި އެއް އަހަރު ތެރޭ
-
މެންބަރަށް މުސާރައިގެ ގޮތުގައި 990،000ރ. ލިބުނު
-
ވިޔަފާރި ނަފާ އިން 900،000ރ. ލިބުނު
-
ގެދޮރު ކުއްޔަށް ދީގެން 3.2 މިލިއަން ރުފިޔާ ލިބުނު
ފަލާހުގެ ނަންމަތީގައި އޮންނަ ހަ ބޭންކު އެކައުންޓެއްގައި ޖުމްލަ 111،074ރ. އާއި 301 ޑޮލަރު ހުރިކަމަށް މާލީ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އޭނާގެ ނަމުގައި ބީއެމްއެލް އިން މި އަހަރު ވަނީ 15.7 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފަ އެވެ. އެ ލޯނަށް މި އަހަރުގެ މިހާތަނަށް 496،904.17ރ. ވަނީ ދައްކައިފަ އެވެ.
ފަލާހުގެ ނަމުގައިވާ ބިމާއި މުދަލުގެ ތަފްސީލް
-
މ. އަސުރުކުރި؛ އެ ބިން ގަތީ 4 މިލިއަން ރުފިޔާ އަށް 2017 ވަނަ އަހަރު
-
ފަލަކު/ރ. އިންނަމާދޫ
-
ފަތް/ ރ. އިންނަމާދޫ
-
އަސުރު ހިޔާ/ރ. އިންނަމާދޫ
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ތިން ކުންފުންޏެއްގައި ފަލާހުގެ ހިއްސާ އޮވެ އެވެ. އެއީ
-
މެރިން ޑިޒައިން މޯލްޑިވްސް (%90 ހިއްސާ)
-
ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް (%90 ހިއްސާ)
-
އައިލެންޑް ޓްރޭޑް (%80 ހިއްސާ)
މީގެ އިތުރުން އޭނާގެ ނަން މަތީ 59،500ރ.ގެ އަގުހުރި އެއާ ބްލޭޑެއް އޮންނަ ކަމަށް ވެސް މާލީ ބަޔާނުގައިވެ އެވެ.
ކޮމެންޓް (7)
ހަރާމް ޙަލާލް
އަންނި
ފީލިންގ
އަނނި
ޫއުލު
ތެފައާސާ.
ރާޅުބާނީ