މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީގެ ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރުންތަކެއް: އެމްޓީޑީ އުވާލީ 3،000 މެމްބަރުން ހަމަނުވާތީ.

އެމްޓީޑީ

އެމްޓީޑީ އުވާލައި ދަފްތަރުން އުނިކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ޕާޓީއެއް ދެމިއޮތުމަށް 3،000 މެންބަރުން ތިބެން ޖެހޭ؛ އެމްޓީޑީ އުވާލީ އެ އަދަދު ހަމަނުވާތީ
2 ސެޕްޓެމްބަރު 2025

މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލާ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން މިއަދު އެ ޕާޓީ އުނިކޮށްފި އެވެ.

ތަފްސީލް - އިލެކްޝަންސް ކޮމިޝަނުން މިރޭ ގެޒެޓު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އެމްޓީޑީ އުވާލާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ޕާޓީއެއް ދެމިއޮތުމަށް 3،000 މެންބަރުން އެ ޕާޓީއެއްގައި ތިބެން ޖެހެ އެވެ. އެމްޓީޑީ އުވާލީ އެ އަދަދު ހަމަ ކުރަން ދިން މުއްދަތުގައި ވެސް މެންބަރުންގެ ގާނޫނީ އަދަދު ހަމަ ނުވާތީ ކަމަށް އިލެކްޝަންސް އިން ބުންޏެވެ.

ފާހަގަކުރެވޭ - މީގެ ކުރިން 2022ގައި ވެސް މެމްބަރުންގެ އަދަދު ހަމަނުވެގެން އިލެކްޝަންސްއިން އެމްޓީޑީއަށް ނޯޓިސް ފޮނުވި އެވެ. ނަމަވެސް އެފަހަރު، ގާނޫނުގައި ބުނާ މެމްބަރުންގެ އަދަދު އެމްޓީޑީން ހަމަކުރި އެވެ.

އެމްޓީޑީ އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް