ރައީސް މުއިއްޒު އާއި ޝީ މިއަދު ބައްދަލުކުރައްވަނީ: މިއީ އެ ދެ ލީޑަރުންގެ މިފަދަ ދެވަނަ ބައްދަލުވުން (ފޮޓޯ/ރައީސް އޮފީސް)

ޗައިނާ-ރާއްޖެ ގުޅުމުގެ އާ ބާބެއް ފަށަން ދެ ލީޑަރުން އެއްބަސްވެއްޖެ

ދެ ލީޑަރުން ބައްދަލުކުރެއްވީ ޝީގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގައި ބައިވެރިވުމަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި
31 އޯގަސްޓު 2025

ޗައިނާއަށް ރައީސް މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެ މަނިކުފާނު ބައްދަލުކުރައްވައި ދެ ލީޑަރުންގެ ރަސްމީ މަޝްވަރާތައް ބާއްވަވައިފި އެވެ.

ވީ ކިހިނެއް؟ - ދެ ލީޑަރުން ބައްދަލުކުރެއްވީ ޝީގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން(އެސްސީއޯ) ސަމިޓުގައި ބައިވެރިވުމަށް އެމަނިކުފާނު މިހާރު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގަ އެވެ. 

ތަފްސީލް - ރައީސް މުއިއްޒު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ޝީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ: 

  • ދެގައުމުގެ މެދުގައި ކުރިއަށްދާ އެކިއެކި މަޝްރޫއުތައް އަވަސްކުރުމާ ގުޅޭ ގޮތުން 

  • މިހާރު އޮތް އެއްބާރުލުން އިތުރަށް ފުޅާކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި

ރައީސް މުއިއްޒު އާއި ޝީއާ ދެމެދު ބޭއްވެވި ބައްދަލުކުރެއްވުން (ފޮޓޯ/ރައީސް އޮފީސް)

ރައީސް މުއިއްޒުގެ ޕޯސްޓްގައި ޗައިނާގެ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވެފައި ވަނީ ދެގައުމުގެ ތަރައްގީގެ ހަރުދަނާ ގުޅުން ބިނާވެފައިވަނީ އެތައް ދުވަހެއްގެ ގާތް ރަހުމަތްތެރިކަމާއި ހެޔޮ އެދުމުގެ މައްޗަށް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވަނީ އެއްބަސްވެފަ އެވެ. 

ގުޅުންހުރި - މިއީ ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ގިނަ އަދަދަކަށް ލޯނު ދީފައިވާ ގައުމެވެ. ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުގެ އަދަދު، 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ. ހުޅުލެ އާއި މާލެ ގުޅުވާލަދޭ، 200 މިލިއަން ޑޮލަރުގެ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ވެސް ޗައިނާގެ ބޮޑު ހިލޭއެހީއަކާއި ލޯނުގެ ދަށުން ހިންގާފައިވާ މަޝްރޫއެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް