އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި 'ރަންރީނދޫ' ދުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ކުރިން އެމްޑީޕީން ޝައުގުވެރިވާ މީހުން ބަލަނީ

ޝައުގުވެރިވާ މީހުން ބެލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، އަންނަ މަހު 30ގެ ކުރިން

އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ކުރިން، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބެލުމަށް އިދިކޮޅު އެމްޑީޕީން އިއްޔެ އިއުލާނެއްކޮށްފި އެވެ. 

ވީ ކިހިނެއް؟- އެ ޕާޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މި ފުރުސަތު ހުޅުވާފައިވަނީ، އަންނަ މަހުގެ30ގެ މެންދުރު 2ގެ ނިޔަލަށް ކަމަށެވެ. ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)އަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް ވެސް މި އިއުލާންގައި ހުޅުވާލާފައިވެ އެވެ.

ތަފްސީލު - ބަޔާނުގައިވާ ގޮތުން ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލުމުގެ ކުރިން ބަލަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކެެވެ. އަދި "ޕްރައިމަރީއަށް ވާދަކުރެވޭނީ ހަމައެކަނި ޝައުގިވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނި" ކަމަށް ވެސް އިއުލާންގައި ބުނެފައިވެ އެވެ. 

ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ޝަރުތުތައް:

  • 1-

    އެމްޑީޕީގެ މެމްބަރެއް ކަމުގައިވުން 

  • 2-

    ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވުން

  • 3-

    އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން

ޝައުޤުވެރިކަން ފާޅު ކުރަނީ، އިއުލާންގައިވާ ގޮތުން އެކަމަށް ހާއްސަކޮށް ހަދާފައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެ އިދާރާއިން ސާފުކޮށް ފުރިހަމަކުރުމަށް ފަހު، ޝައުޤުވެރިކަން ފާޅުކުރާ ފޯމާ އެކު ހުށައެޅުމަށް އެދިފައިވެ އެވެ.

"ސިޓީތަކުގެ ދާއިރާތައް ބެހިފައިވާ ގޮތާއި އަންހެނުންނަށް ހާއްސަ ގޮނޑިކަނޑައެޅުމުގައި ބާލަފައިވާނީ މިވަގުތު އަމަލުކުރަމުންދާ ގޮތަށެވެ.  މިނޫން ގޮތަކަށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން ބަދަލުކުރާ ނަމަ އެބަދަލެއްގެނެވޭނެ ވާހަކަ ދަންނަވަމެވެ." އިއުލާންގައި އިތުރަށް ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް