އަބްދުއްރަހްމާންގެ މަރާ ގުޅިގެން ހައްޔަރުކުރި ތިން މީހުން

މާޅޮހުގެ މަރު

އަބްދުއްރަހުމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަނެއް ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި؛ ތުހުމަތުކުރަނީ އަބްދުއްރަހުމާން މަރާލީ ސިހުރު ހަދާ ތަން ފެނިގެން ކަމަށް

އއ. މާޅޮހުގައި މިދިޔަ މަހުގެ ކުރީކޮޅު އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމްގެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހުގެ 13ގައި އަބްދުއްރަހްމާން، 65، މަރުވީ އޭނާއަށް ލިބުނު ޒަހަމްތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ބަޔަކު ދިނީ ގޭގައި ނިދާފައި އޮއްވަ އެވެ.

މި މައްސަލައިގައި ދިގު ތަހުގީގެއް ހިންގުމަށް ފަހު ފުލުހުން ވަނީ މާޅޮހަށް ނިސްބަތްވާ ތިން ޒުވާނަކު މިދިޔަ ހަފްތާގައި ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންނަކީ:

  • އަހުމަދު ފާރިސް، 27، ފިނިވާގެ

  • އާޝިދު، 27، ފިޔަ

  • މުހައްމަދު ވިސާމް، 22، ލިލީފެހި

ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ އާޝިދުގެ ބަންދުގެ މުއްދަތު 30 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ. އޭނާގެ ބަންދަށް މީގެ ކުރިން ޖަހާފައިވަނީ ފަސް ދުވަހެވެ.

ދެން މި މައްސަލާގައި ހިމެނޭ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އެނގުން މުހިންމު - ހައްޔަރުކުރި މީހުންގެ ބައެއް ރަހުމަތްތެރިންނާއި މާޅޮހުން 'ދައުރު'އާ ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި، އަބްދުއްރަހްމާނަށް ހަމަލާދިނީ އޭނާ ސިހުރު ހަދާ ތަން އެ މީހުންނަށް ފެނުނު ކަމަށް ބުނެ އެވެ.

އެގޮތުން:

  • ސިހުރު ހަދި ކަމަށް ތުހުމަތުކުރަނީ އާޝިދުގެ މަންމަގެ ގެއަށް

  • އެކަން އެމީހުންނަށް އެނގުނީ އެ ގެއަށް ސިހުރު ކިޔަވާފައި އެއްޗެއް އެއްލަނިކޮށް އެތާ ކައިރީ ހުރި ފިހާރައެއްގެ ސީސީޓީފުޓޭޖަކުން ފެނުމުން ކަމަށް ބުނޭ

  • އެ ފިހާރައަކީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފާރިސް ހިންގާ ތަނެއް؛ އޭނާ ފަހުން ވަނީ އެ ފުޓޭޖު ފުހެލާފައިވާ ކަމަށްވޭ

  • މި މައްސަލާގައި ދެން ހައްޔަރުކުރި ވިޝާމަކީ އެ ދެމީހުންގެ އެކުވެރިއެއް

ކޮމެންޓް (1)

ީަަަަާްއާއޯ

28 އޯގަސްޓު 2025
ފޫޓޭޖު ޑިލީޓް ކޮއްލީ ކީއްވެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް