ރައީސް އޮފީސް ކުރިމަތީ މުޒާހަރާ ކުރަނިކޮށް ހައްޔަރުކުރި އެމްޖޭއޭގެ އެކްސްކޯ މެންބަރު އަދި ދައުރުގެ މުޒައްޔިން ނާޒިމް ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވަން ގެންދަނީ (ފޮޓޯ/އަލީ ނިޝާން)
މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް މުޒާހަރާކުރި 4 ނޫސްވެރިއަކު ހައްޔަރުކޮށް ދޫކޮށްލައިފި
ރައްޔިތުން މަޖިލީހަށް މިއަދު ބަލައިގަތް ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ރައީސް އޮފީސް ކުރިމަތީ މުޒާހަރާކުރި ހަތަރު ނޫސްވެރިއަކު ފުލުހުުން މިއަދު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މީހުން ހައްޔަރުކޮށް ވެހިކަަލަށް އެރުވުމަށް ފަހު އިރުކޮޅަކުން ވަނީ ދޫކޮށްލާފަ އެވެ. އަދިވެސް ބައެއް ނޫސްވެރިން ގެންދަނީ ރައީސް އޮފިސް ދޮރު ކުރިމަތީ ތިބެ މުޒާހަރާ ކުރަމުންނެވެ. ފުލުހުން ގެންދަނީ އެ އެއްވުން ރޫޅާލެވޭތޯ މަސައްކަތް ކުރަމުންނެވެ.
ނޫސްވެރިން ރައީސް އޮފީސް ދޮށަށް އެއްވީ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލް މަޖިލީހަށް ބަލައިނުގަތުމަށް ނޫސްވެރިން ގޮވާލަމުން ދަނިކޮށް އެކަމަށް ބީރު ކަންފަތެއް ދީ ވެރިކަން ކުރާ ޕާޓީ އަދި މަޖިލީހުގެ ބައިބޯ ޕާޓީ، ޕީއެންސީން އެ ބިލަށް ތާއީދުކޮށް އެ ބިލް މަޖިލީހަށް ބަލައިގަތުމާ ވިދިގެންނެވެ.
ނޫސްވެރިން ރައީސް އޮފިސް ކުރިމަތީ ތިބެ އަޑުގަދަ ކުރަމުން ދަނީ ރައީސް މުހައްމަދު މުއިއްޒުގެ އެޕޮއިންޓްމަންޓެއް ހޯދުމަށް އެދި އެވެ. ނޫސްވެރިން މިހާރު ވަނީ މުލިއާގެ ކައިރިއަށް ވެސް އަޑުއުފުލަން ގޮސްފަ އެވެ.
ތަފްސީލް އަންނަނީ...