ރައީސް މުއިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)
ރައީސް ހދ. ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންފި
ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅަށް ފަހު ރައީސް މިއަދު މާލެ ވަޑައިގެންނެވި އިރު، ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެންނެވި އެވެ.
ތަފްސީލް - މި ދަތުރުފުޅުގައި ރައީސް ވަނީ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލާއި އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.
މި ދަތުރުފުޅުގައި:
-
ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކާ ބައްދަލުކުރެއްވި
-
ގެދޮރިވެރިކަމުގެ ބައެއް މަޝްރޫއުތަކުގައި ސޮއިކޮށްފައިވޭ
-
ކުޅިވަރާއި ޒުވާނުންނާ ގުޅުން ހުރި ބައެއް މަޝްރޫއުތަކުގައި ވެސް ސޮއިކުރި
-
ބައެއް ރަށްރަށުގައި ބީއެމްއެލްގެ އޭޓީއެމް ހުޅުވި
ފާހަގަ ކުރެވޭ - ރައީސް މުއިއްޒު މި ހަފްތާ ހދ. އަތޮޅަށް ވަޑައިގެންނެވި އިރު، މި މަސް ތެރޭ އެ މަނިކުފާނު ވަނީ އއ. އަދި ބ. އަތޮޅަށް ވެސް ވަޑައިގެންފަ އެވެ.
ރައީސް މުއިއްޒުގެ މި ފަސް އަހަރުގެ ރިޔާސީ ދައުރުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން ތިން ފަހަރު ވަޑައިގަތުމަކީ އެ މަނިކުފާނުގެ ވައުދެކެވެ.