ފުލުުހުންގެ އިދާރާ ކައިރިން ފުލުހަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުން

ވަޒީފާ ހޯދުމަށް ފޭކު ތައުލީމީ ސެޓުފިކެޓް ހުށަހަޅާ ގިނަ މައްސަލަތަކެއް ފުލުހުން ބަލަނީ

ފުލުހުން ވަނީ މިފަދަ ބައެއް މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރުމަށް ވެސް ފޮނުވާފައި

ވަޒީފާ އާއި މަތީ ތައުލީމު ހޯދުމަށް ސައްހަ ނޫން ތައުލީމީ ސެޓްފިކެޓް ހުށަހެޅުމުގެ ގިނަ މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ފަދަ ފޭކު ސެޓްފިކެޓް ހުށަހެޅުމާއި ބޭނުން ކުރުމުގެ ގިނަ މައްސަލަތަކެއް ބަލަމުން ދަނީ، ފުލުހުންނާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކަމާ ބެހޭ އެހެން މުއައްސަސާތައް ގުޅިގެން ކަމަށެވެ.

ތަފްސީލް - ފުލުހުން ބުނި ގޮތުގައި، މިއީ:

  • މިއީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލޭނެ ފަދަ ކަމެއް

  • މި ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް

ފުލުހުން ބުނީ ސެޓްފިކެޓް ފޯޖު ކުރުމުގެ ގިނަ މައްސަލަތަކެއް ބަލަމުން އަންނައިރު، މި ފަދަ މައްސަލަތަކެއް އެތަނުގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ.

އެނގުން މުހިއްމު - ސައްހަ ނޫން ސެޓްފިކެޓް ހުށަހެޅުން ނުވަތަ ބޭނުން ކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އެގޮތުން، ލިޔުމަށް ބަދަލު ގެނައުމާއި އެ ހަދާ ލިޔުން ނަކަލުކުރުމާއި އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމާއި ޝަހުސު އޮޅުވާލުމަކީ ޖިނާއީ ކުށެކެވެ

"މި ފަދަ ކަންކަމާމެދު ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ހަނދާންކޮށްދެމެވެ،" ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.

"ވަޒީފާ ދޭ ފަރާތްތަކާއި ކޮލެޖުތަކާއި ޔުނިވަސިޓީތަކާއި ސަރުކާރުގެ މުއައްސަސާތަކުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ."

ފުލުުހުން ވަނީ ސެޓްފިކެޓާ މެދު ޝައްކުވެ، އެކަން ކަށަވަރު ނުވެއްޖެ ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް (2)

ހިމާރުލްގައުމު

25 އޯގަސްޓު 2025
ވަގު ސެޓްފިކެޓެއް ދައްކައިގެން ވަޒީފާ ހޯދުމާ ހުސް ގޮނޑިއެއް ދައްކައިގެން ވެރިކަމަށް އައުމާ އެއްވެސް ތަފާތެއް ނެތް. އެއްމެ ފުރަތަމަ ބަލަންވީ އޮޅުވާލައިގެން ތިމާގެ ނެތް ކޮލިޓީއެއްގަ އެހެން މީހެއްގަ ހިޔަނީގަ ވެރިކަމަށް އައި މީހާގެ މައްސަލަ.
1 0

ސިކުނޑި

24 އޯގަސްޓު 2025
ހުސްގޮނޑިއެއް ދައްކައިގެން ވެރިކަމަށް އައި މައްސަލަވެސް ބަލަންޏާ ބަލަންވީ! އެވެސް އޮޅުވާލުމެއް!!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް