އުތީމު އާދަމް އަބްދުއްރަހުމާންއަށް ނިޝާން ދިޔަމިގިލި އިއްޒަތް އެރުވުން (ފޮޓޯ/ރައީސް އޮފީސް)

ގައުމީ އިނާމު

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އުތީމު އާދަމް އަބްދުއްރަހުމާނަށް

އާދަމް އަބްދުއްރަހުމާން ވަނީ 42 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފައި

ދައުލަތުން ދޭ ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އާދަމް އަބްދުއްރަހުމާން، އަލިމަސްގެ/ހއ. އުތީމު (އުތީމު އާދަމްބެ)އަށް މިއަދު އަރުވައިފި އެވެ.

ވީ ކިހިނެއް؟ - މި ޝަރަފު އެރުވީ މިއަދު ހއ. އުތީމުގައި ކުރިއަށްދާ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގަ އެވެ.

މި ޝަރަފު އާދަމް އަބްދުއްރަހުމާނަށް އަރުވައި ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

އުތީމު އާދަމް އަބްދުއްރަހުމާންއަށް ނިޝާން ދިޔަމިނގިލި އިއްޒަތް އެރުވުން (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - އާދަމް އަބްދުއްރަހުމާނަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އެރުވީ:

  • ހއ. އަތޮޅަށް އަދި އުތީމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމަށް

  • ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަދި ދިވެހި އަދަބިއްޔާތަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމަށް

އާދަމް އަބްދުއްރަހުމާން ވަނީ 42 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ.

އުތީމު އާދަމް އަބްދުއްރަހުމާންއަށް ނިޝާން ދިޔަމިނގިލީގެ އިއްޒަތް އެރުވުން (ފޮޓޯ/ރައީސް އޮފީސް)

އެގޮތުން:

  • އުތީމު ކަތީބުކަން 15 އަހަރު ވަންދެއް ކުރެއްވި

  • އޭގެ ފަހުން ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ފުރުއްވި

  • ތިން ފަހަރު މަތިން ހއ. އަތޮޅުވެރިކަން ކުރެއްވި

  • އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުކަން ކުރެއްވި

  • ޅެންވެރިކަމާއި ލިޔުންތެރިކަމުގައި ވެސް އާދަމް އަބްދުއްރަހުމާން ފާހަގަ ކުރެވޭ

އާދަމް އަބްދުއްރަހުމާނަށް 2004 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާ އިން ޅެން ހެދުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު އަދި 2016 ވަނަ އަހަރު ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް