ރައީސް މުއިއްޒު މިއަދު ހއ. އުތީމަށް ވަޑައިގެން އެ ރަށުގެ ކުޑަކުދިންތަކަކާ އެކު. (ފޮޓޯ/ރައީސް އޮފީސް)

ހއ. އުތީމު

ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި

ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ޝަރަފު އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އެ ރަށު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެ ކަމަށް ދިން އަހައްމިއްޔަތުގެ އަގުވަޒަން ކުރުމަށް

ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ޝަރަފު ހއ. އުތީމު ރައްޔިތުންނަށް އަރުވައިފި އެވެ.

ވީ ކިހިނެއް؟ - މި ޝަރަފު އެ ރަށު ރައްޔިތުންނަށް އެރުވީ ގައުމީ ދުވަސް ފާހަގަކުރުމަށް މިއަދު އުތީމުގައި ބާއްވަމުން އަންނަ ރަސްމިއްޔާތުގަ އެވެ.

ތަފްސީލް - އުތީމު ރައްޔިތުންނަށް މި ޝަރަފު އަަރުވައި ޝަރަފުގެ އައްޑަނަ ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

އައްޑަނައާ ހަވާލުވެވަޑައިގަތީ އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދެވެ.

ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ޝަރަފު އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ނިންމެވީ:

  • އުތީމު ގަނޑުވަރު ބެލެހެއްޓެމުގައި އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެ ކަމަށް ދޭ އަހައްމިއްޔަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން 

  • އުތީމު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ އެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު މިހާރު ވެފައިވާތީ

އުތީމު ގަނޑުވަރަކީ ރާއްޖޭގެ ގައުމީ ދުވަސް ނިސްބަތްވާ ބޮޑުތަކުރުފާނު، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ދިރިއުޅުއްވި ގެކޮޅެވެ. އެ ގަނޑުވަރު ފާއިތުވި 5 ގަރުނު ވެސް އުތީމު ރައްޔިތުން ވަނީ ރައްކާތެރިކަމާ އެކު ބަލަހައްޓައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް