މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަރަންޓު މައްސަލައެއް ދިމާވެ، ބައެއް ލައިޓުތައް ނިވިފައި
ކަރަންޓް ކެނޑޭތީ މަޖިލިސް ޖަލްސާ މެދުކަނޑާލައިފި
ރައްޔިތުންގެ މަޖިލިސް އިދާރާއަށް ކަރަންޓު މައްސަލައެއް ދިމާވެ، މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު 9 ޖެހިއިރު ފެށި ޖަލްސާގައި ކަރަންޓު މައްސަލަ ދިމާވީ، 9:30ހާއިރު އެވެ. މި މައްސަލަ ދިމާވި ފަހުން ވެސް މިހާރު ގަޑިއެއްހާއިރު ވެއްޖެ އެވެ. އަދިވެސް ޖަލްސާ ނުފެށެ އެވެ.
ތަފްސީލު - ކަރަންޓު މައްސަލަ ދިމާވިއިރު އޭރު ބަހުސް ކުރަމުން ގެންދިޔައީ އިންޝުއަރެންސް ބިލު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށެވެ. އެ ރިޕޯޓަށް އެވަގުތު ބަހުސް ކުރަމުން ގެންދެވީ ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް އެވެ.
ކަރަންޓު މައްސަލަ ދިމާވުމުން، މަޖިލީހުގެ ބައެއް ލައިޓްތައް ނިވުނެވެ. އެ ލައިޓްތައް ނިވުނު ނަމަވެސް މައިކް ސިސްޓަމް އާއި ލައިވް ފީޑް ބަރާބަރަށް ދިޔައީ މަސައްކަތް ކުރަމުންނެވެ.
ގާތްގަނޑަށް ފަސް ވަރަކަށް މިނެޓު މަޑުކުރުމަށް ފަހު، ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވީ، "ކަރަންޓަށް ދިމާވި މައްސަލައިގެ އަދި މިއުޅެނީ ވާނުވާ ނޭނގިގެން" ކަމަށެވެ.
"އެހެންވީމަ ކުޑަކޮށް މިކަން ބަލާލަން އަޅުގަނޑުމެން ހުސް ވަގުތުކޮޅެއް ނަގާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޮމެންޓް (1)
ތެފައާސާ.