ޕާކިސްތާނަށް ކުރަމުންދާ ވިއްސާރާގައި ގެޔެއް ހަލާކުވެފައި

ޮޕާކިސްތާނަށް ކުރި ވިއްސާރާގައި ބަޔަކު މަރުވުމުން ރައީސްގެ ތައުޒިޔާ

މި ދަތި ހާލަތުގައި ދިވެހި ރައްޔިތުންނާއި ސަރުކާރު އޮތީ ޕާކިސްތާނުގެ އަހުންނާއި އެކު ކަމަށް ވެސް ރައީސް ވިދާޅުވި

ޕާކިސްތާނުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.

ވީ ކިހިނެއް؟ - ޕާކިސްތާނަށް ކުރި ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 300އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ތަފްސީލް - ރައީސް މުއިއްޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާދިސާގައި ގެއްލުންވި އާއިލާތަކަށާއި މަރުވި މީހުންގެ އާއިލާތަކަށް އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

މި ދަތި ހާލަތުގައި ދިވެހި ރައްޔިތުންނާއި ސަރުކާރު އޮތީ ޕާކިސްތާނުގެ އަހުންނާއި އެކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ބޭސްފަރުވާގެ އެހީ ފޯރުކޮށްދިނުމުގެ އިތުރުން ގެދޮރު ގެއްލުނު އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް އެ ގައުމުގެ ކަމާ ބެގޭ ފަރާތްތަކުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް