55 ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތް މިއަދު، ސަރުކާރުން އާރުސީސީއާ ހަވާލުކުރައްވަނީ

55 ކައުންސިލް އިމާރާތް ކުރުން އާރުސީސީއަށް

މި މަޝްރޫއުގެ މަސައްކަތް ކުރިން ހަވާލުކުރީ މެލޭޝިޔާގެ ކުންފުންޏަކާ، އެކަމަކު ފަހުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައި، އާރުސީސީއަށް މަސައްކަތް ހަވާލުކުރި އަގެއް ނުބުނޭ

ކޮންޓްެރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އިމާރާތް އަޅަން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އޭސީސީ)އާ ހަވާލުކޮށްފި އެވެ.

އެނގުން މުހިއްމު- ޖުމްލަ 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، ސަރުކާރުން ފަށަން ނިންމާފައިވާ މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލު ކުރީ، މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ އެވެ. އެކަމަކު މިދިޔަ ޖެނުއަރީ މަހު ސޮއި ކުރި އެ އެއްބަސްވުން ޖުލައި މަހު ވަނީ އުވާލާފަ އެވެ.

ވީ ކިހިނެއް؟- ލޯކަލް ގަވަމެންޓް މިނިސްޓްރީ އިން ބުނީ، އާރުސީސީއާ އެ މަޝްރޫއު ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ، ކިހާ އަގަކަށް ކަމެއް ނުބުނެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި:

  • މި މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ

  • އަދި މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާނެ

  • މި މަޝްރޫއުގެ ދަށުން، ކައުންސިލްތަކުގެ ފަރުނީޗަރު ހޯދައި، ވަށާފާރު ވެސް ރާނާނެ

މެލޭޝިޔާގެ ކުންފުންޏާ އެ މަޝްރޫއު ހަވާލު ކުރީ ދެ އަހަރުގެ ތެރޭގައި ނިންމުމަށެވެ.

އެ އެއްބަސްވުން ބާތިލްކުރި ސަބަބާ ގުޅޭގޮތުން، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ކުރިން ވިދާޅުވި ގޮތުގައި އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުންނެވެ. އަދި އެއްބަސްވުން ބާތިލްކުރި ނަމަވެސް އެ ކުންފުންޏަށް އެ ކަމާ ގުޅިގެން ބަދަލެއް ދޭކަށް ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މިމަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް