ރައީސް މުހައްމަދު މުއިއްޒު ބ. ކުޑަރިކިލު ކައުންސިލާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

އިންތިހާބުގައި ދިން ތާއީދުގެ ނަތީޖާ ފެންނާނެ: ރައީސް

ރައީސް ވަނީ ކުޑަރިކިލަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައި

ރިޔާސީ އިންތިހާބުގައި ދިން ތާއީދުގެ ނަތީޖާ ފެންނާނެ ކަމަށާއި ވައުދުތައް ފުއްދައި މަސައްކަތްތައް ފަށަން ތައްޔާރީތައް ވެފައިވާ ކަމަށް ބ. ކުޑަރިކިލު ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ކުޑަރިކިލަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް އެ ރަށުގެ ތައްޔިތުން ކުރި ތާއީދާއި އިތުބާރަށް ޝުކުރު އަދާކުރެއްވި އެވެ.

ތަފްސީލް - ރައީސް ވިދާޅުވީ އެ އިތުބާރުގެ ނަތީޖާ ދައްކައިދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"މި ދަތުރުގައި އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑުމެންނަށް ދިމާވި އެކިއެކި ދަތިތަކުން އަރައިގަނެވި، އެކި ރަށްރަށުގައި -- މިރަށް ހިމެނޭހެން -- ކުރަން ޖެހިފައި ހުރި ކަންކަމުގައި ކުރިއަށް ދެވޭނެ މަގު އަޅުގަނޑުމެން މިހާރު ވާނީ ފަހިކޮށްފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކުޑަރިކިލަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފަ އެވެ.

އެގޮތުން:

  • ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ތައްޔާރީތައް ވަނީ ވެފައި؛ މި މަސް ތެރޭ އެ މަސައްކަތް ފަށައި ސެޕްޓެމްބަރުން ފެށިގެން ހަ މަސް ތެރޭ އެ މަސައްކަތް ނިމޭނެ

  • މަގުހެދުމުގެ މަސައްކަތް އާރުޑީސީއާ ވަނީ ހަވާލުކޮށްފައި

  • މިހާރު ފަށާފައި ހުރި ސްކޫލުގެ މަޝްރޫއު ކުރިއަށް ގެންދާނެ

  • މަލްޓިޕާޕަސް ހޯލެއްގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ

  • ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ

  • ބިން ހަމަޖެހުނުހާ އަވަހަކަށް މިސްކިތެއް އެޅުމުގެ މަސައްކަތް ފަށާނެ

  • ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ކުރާނެ

  • ފިޓްނަސް އެންޑް ރެކްރިއޭޝަން ހޯލަކާއި ނެޓްބޯޅަ ކޯޓެއް އަޅާނެ

ކޮމެންޓް (1)

ކޮސް

11 އޯގަސްޓު 2025
އާދެ އާދެ ނަތީޖާ ފެނިއްޖެ. ޑިމޮކުރެޓިކު "ރަސްކަމަކަށް" ޤައުމު ތިޔަގެންދަވަނީ ހުސް ގޮނޑިއެއް ބަހައްޓަވައިގެން ހޯއްދެވި ކާމިޔާބުން .
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް