މާލެ އަދި ހުޅުމާލެއިން ކަރަންޓު ގޮސްގެން މީހުން މަގުމަތީގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުން

6 ގަޑިއިރަށް މާލޭން ކަރަންޓު ދިއުން: މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި، ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އޭރު އެންގެވި

މިދިިޔަ 1 ޖޫންގައި މުޅި މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓް ދިޔަ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށް މިއަދު ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - މުޅި މާލެ އާއި ހުޅުމާލޭން ވެސް މިއަދު ތިން ގަޑިއިރެއް ހާއިރަށް ކަރަންޓު ގޮސްފައި ވަނިކޮށް، ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިދިޔަ 1 ޖޫންގައި 6 ގަޑިއިރަށް ކަރަންޓު ދިޔަ މައްސަލައިގެ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު މިހާރު އެއްކޮށްފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - މި މައުލޫމާތުތަކަށް ބަލައި މައްސަލަ އަދިވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"ތަހުގީގު އެއްކޮށް ނިމުމުން ފާހަގަކުރެވުނު ކަންކަން ހިއްސާކޮށްދޭނެ ވާހަކަ ދަންނަވަން،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

އެނގުން މުހިއްމު - މާލެ ސަރަހައްދުން ގިނަ އިރުތަކަކަށް ކަރަންޓު ދިޔަ އެ މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ރައީސް މުހައްމަދު މުއިއްޒު ކަމާ ބެހޭ ފަރާތްތަކަށް ވަނީ އަންގަވާފަ އެވެ.

ސްޓެލްކޯއިން ފަހުން ބުނި ގޮތުގައި، އެ ފަހަރު ބޮޑު 'ބްލެކްއައުޓް' އަކަށް ދިޔައީ، ދެ ރަށަށް ކަރަންޓު ދޭން ސިނަމާލެ ބްރިޖުން އަޅާފައިވާ އިންޓަކަނެކްޝަން ކެނޑިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް