އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި 'ރަން ރީނދޫ' ދުވުމުގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

އެމްޑީޕީގެ ސަފުތައް ބަދަހިކުރަން 'ރަން ރީނދޫ' ދުވުމެއް

އެމްޑީޕީން ބުނިގޮތުގައި މިއަދުގެ ހަރަކާތާ އެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެ ޕާޓީން ކާމިޔާބު ކުރުމުގެ މަސައްކަތް ފެށުނީ.

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކޮށް، މެމްބަރުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް އެ ޕާޓީން މިއަދު ދުވުމެއް ބާއްވައިފި އެވެ.

ތަފްސީލް - 'ރަން ރީނދޫ'ގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށި އެ ދުވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކުރީގެ އަދި މިހާރުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ. އޭގެ އިތުރުން އާއްމު މެމްބަރުންނާ އެކު، ރީނދޫ ކުލައިގެ ޓީޝާޓުގައި އެތަނަށް އެއްވި މީހުންގެ އަދަދު 300އަށް ވުރެ ގިނަ ވާނެ ކަމަށް އެމްޑީޕީން ލަފާކުރެ އެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި 'ރަން ރީނދޫ' ދުވުމުގައި އެ ޕާޓީގެ އިސް ވެރިންނާއި މެމްބަރުން ބައިވެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި 'ރަން ރީނދޫ' ދުވުމުގައި އެ ޕާޓީގެ އިސް ވެރިންނާއި މެމްބަރުން ބައިވެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެ ޕާޓީން ބުނިގޮތުގައި:

  • މިއީ ޕާޓީގެ މެމްބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ބޭއްވި ދުވުމެއް

  • ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ދުވުން ބާއްވާނެ

  • ދުވުން ކުރިއަށް ގެންދިޔައީ އެ ހަރަކާތާ ގުޅޭ ދަންމަރެއް ހިފައިގެން. އެމްޑީޕީން ބުނިގޮތުގައި އެހެން ރަށްރަށުގައި ބާއްވާ ދުވުންތަކުގައި ވެސް މިފަދަ ދަންމަރު ބޭނުން ކުރާނެ

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި 'ރަން ރީނދޫ' ދުވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/އެމްޑީޕީ)
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި 'ރަން ރީނދޫ' ދުވުމުގައި، އެ ހަރަކާތަށް ހާއްސަ ދަންމަރު ހިފައިގެން (ފޮޓޯ/އެމްޑީޕީ)

ދުވުމެއްގެ ގޮތުގައި ސެންޓްރަލް ޕާކު ވަށައިގެން މި ހަރަކާތް ފެށި ނަމަވެސް، ވަކި ހިސާބަކުން ވަނީ ހިނގާލުމަކަށް ބަދަލުވެފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި، މިއަދުގެ ހަރަކާތާ އެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެ ޕާޓީން ކާމިޔާބު ކުރުމުގެ މަސައްކަތް އެ ފެށީ އެވެ. އަދި އެ އިންތިހާބު "ބޮޑުތަނުން ނަގަން" އެ ޕާޓީން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"އެހާ ތަނަށް އަޅުގަނޑުމެން އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަކުރާނަން. ޑެމްސް [ދަ ޑިމޮކްރެޓްސް)އަށް ގޮސްފައިވާ މެމްބަރުން އަނބުރާ ގެނެސްގެން، ޕާޓީ ވަރުގަދަކޮށްގެން، ވަރުގަދަ ޕާޓީއެއްގެ ގޮތުގައި މި މަސައްކަތް ކާމިޔާބުކުރާނަން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި 'ރަން ރީނދޫ' ދުވުމުގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް