ރަޝިއާއަށް އައި ބިންހެލުމާ ގުޅިގެން ސުނާމީގެ ވޯނިން ނެރެފައިވާ އެމެރިކާގެ ކެލިފޯނިއާގެ ސަރަހައްދެއްގައި ބަޔަކު މަޑުކޮށްލައިގެން (ފޮޓޯ/ގެޓީ އިމޭޖަސް)

ބިންހެލުން

ސުނާމީގެ ބިރުވެރިކަމެއް ރާއްޖެއަކަށް ނެތް: މެޓު އޮފީސް

މެޓު އޮފީހުން ބުނި ގޮތުގައި، ބައެއް ގައުމުތަކަށް ސުނާމީގެ ރާޅުތައް މިހާރު ވަނީ ރެކޯޑު ކުރެވެން ފަށާފައި

ރަޝިއާ ކައިރިއަށް މިއަދު އައި ބާރުގަދަ ބިން ހެލުމާ ގުޅިގެން ބައެއް ގައުމުތަކަށް ސުނާމީ އެރުމުގެ ފުރުސަތު އޮތް ނަމަވެސް، ރާއްޖެއަށް އެ ފަދަ ބިރުވެރިކަމެއް ނެތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރަޝިއާއަށް މިއަދު ބިން ހެލުން އައީ:

  • އެ ގައުމުގެ އިރުމަތީގައި އޮންނަ ކަމްޗަޓްކާ ޕެނިންސިއުލާއަށް

  • ރަޝިއާގެ ބަނދަރުމަތީ ސަރަހައްދެއް ކަމަށްވާ ޕެޓްރޯޕަވްލަސްކް-ކަމްޗަޓްސްކީގެ އިރުމަތިން، 136 ކިލޯމީޓަރު ދުރުން އައި އެ ބިންހެލުން 8.7 މެގްނެޓިއުޑަށް އަރާ

  • އެއާ އެކު، ރަޝިއާ އާއި ޖަޕާން ހިމެނޭހެން ބައެއް ގައުމުތަކަށް މިހާރު ވަނީ ސުނާމީ އަރަން ފަށާފައި؛ ރަޝިއާ ހިމެނޭހެން ބައެއް ގައުމުތަކަށް އިމަޖެންސީ ވަނީ އިއުލާންކޮށްފައި

ބުނީ ކީކޭ؟ - މެޓު އޮފީހުން މިއަދު ބުނީ އިންޑިއާ ކަނޑައަށް އެ ބިންހެލުމުގެ އަސަރު ނުކުރާ ކަމަށާއި އެހެންވެ، ރާއްޖެއަށް ސުނާމީގެ ބިރުވެރިކަމެއް ނެތް ކަމަށެވެ.

އެ ތަނުން ބުނި ގޮތުގައި:

  • ސުނާމީގެ އިންޒާރު ދީފައި އޮތީ ޕެސިފިކް ކަނޑުގެ ގައުމުތަކަށް؛ އޮސްޓްރޭލިއާ އާއި ޖަޕާނާއި އެމެރިކާގެ ހަވާއީއަށް ސުނާމީ އަރާނެ ކަމަށް ބުނެފައިވޭ

  • އެކަމަކު އިންޑިއާ ކަނޑަށް އޭގެ އަސަރެއް ނުކުރޭ

"އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން މިދަނީ. ބައެއް ގައުމުތަކަށް މިހާރު ސުނާމީގެ ރާޅުތައް ރެކޯޑު ކުރެވެން ފަށައިފި،" މެޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައުލޫމާތު ލިބޭ ވަރަކުން އާއްމު ކުރަމުން ގެންދާނެ ކަމަށާއި މިވަގުތު، ސޯޝަލް މީޑިއާގައި އެކަމާ ގުޅޭގޮތުން ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށެވެ.

ކޮމެންޓް (1)

ހޮޅޮދޫ ސައްތާރު

30 ޖުލައި 2025
އިމިގްރޭޝަނުން އެއްޗެއް ބުނީމަ އަހަރުމެން ގަބޫލު ކުރާނީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް