ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި މުބީން ވާހަކަ ދައްކަވަނީ (ފޮޓޯ/އާރުއޭސީއެލް)

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީކަމުން މުބީން އިސްތިއުފާ ދެއްވައިފި

އޭނާ އިސްތިއުފާ މި ދެއްވީ، އާރުއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުން އަހުމަދު މުބީން އިސްތިއުފާ ދެއްވައިފި އެވެ.

ތަފްސީލް - ކުންފުނީގެ އެންމެ އިސް މަގާމުން މުބީން އިސްތިއުފާ ދެއްވިކަން، އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އޭނާ ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށް، ފާގަތި މުސްތަގްބަލަކަށް އެދޭ ކަމަށް އެ ޕޯސްޓުތަކުގައި ލިޔެފައި ވެ އެވެ.

ގުޅުންހުރި - މުބީން އިސްތިއުފާ މި ދެއްވީ، އާރުއޭސީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެއްކޮށްލުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ސަރުކާރުން ބުނެފައިވަނީ، ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.

އެނގުން މުހިއްމު - އެމްއޭސީއެލް އިން މިވަގުތު ހިންގަމުންދަނީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. ރާއްޖޭގެ ހަ އެއާޕޯޓެއް ބަލަހައްޓަނީ އާރުއޭސީއެލް އިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް