ފޮއްދޫ ބަނދަރުގެ މަސައްކަތް ފެށުން (ފޮޓޯ/ރައީސް އޮފީސް)

ބަނދަރު ހެދުން

ފޮއްދޫ ބަނދަރުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ފޮއްދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީން؛ މަޝްރޫއުގެ އަގަކީ 53.7 މިލިއަން ރުފިޔާ

ނ. ފޮއްދޫ ބަނދަރުގެ އަމަލީ މަސައްކަތް ރައީސް މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ބަނދަރެއް ނެތް މަދު ރަށްތަކުގެ ތެރޭ ހިމެނޭ ފޮއްދޫގެ ބަނދަރުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވީ މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފޮއްދުއަށް ވަޑައިގެންނެވެ.

ތަފްސީލް - ފޮއްދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.

  • މަޝްރޫއުގެ އަގަކީ 53.7 މިލިއަން ރުފިޔާ

  • މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 390 ދުވަހުން ނިންމަން

ފޮއްދޫ ބަނދަރު މަޝްރޫއުގެ ދަށުން:

  • 460 މީޓަރުގެ ކީ ވޯލް ޖައްސާނެ

  • ބޭރު ތޮށި ހަދާނެ

  • ބަނދަރުގެ ޕޭވްމެންޓު ހަދައި މަގު ބައްތި ޖަހާނެ

  • ނެރުބައްތި ޖަހާނެ

  • ބޭރު ތޮއްޓާ އިންވެގެން ކުދި ޑިންގީތައް އަޅަން 150 މީޓަރުގެ ޖެޓީއެއް ހަދާނެ

މި މަޝްރޫއުގެ ތެރޭ ހިމަނައިގެން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ވައި-ގްރޮއިންއެއް ވެސް ޖަހާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް