ޒަކިއްޔާގެ މަރާ ގުޅޭގޮތުން ހޮޅުދޫ ބައެއް މީހުން ރައީސް މުހައްމަދު މުއިއްޒާ މިއަދު ބައްދަލުކޮށް ކަންބޮޑުވުން ފާޅުކުރަނީ

ރައީސް ހޮޅުދުއަށް ވަޑައިގަތުމުން، ޒަކިއްޔާގެ މަރާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފި

ރައީސް ވަނީ އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ބައްލަވާދެއްވާނެ ކަމަށް ވިދާޅުވެފައި

ރައީސް މުހައްމަދު މުއިއްޒު މިއަދު ނ. ހޮޅުދުއަށް ވަޑައިގަތުމުން، އެ ރަށު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޒަކިއްޔާ ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ގޭގަ އެވެ. އެހެން މީހެއްގެ ފުށުން ޒަކިއްޔާއަށް އަނިޔާއެއް ލިބިފައިވާކަން ނުފެންނަ ކަމަށާއި އޭނާ މަރުވީ އަމިއްލައަށް ދިން ޒަހަމްތަކަކުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު އާއިލާގެ ބައެއް މީހުންނާއި ހޮޅުދޫގެ ގިނަ ބަޔަކު އެކަން ގަބޫލެއް ނުކުރެ އެވެ.

ތަފްސީލު - ރައީސް މިއަދު ހަވީރު ހޮޅުދުއަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް މީހުން ވަނީ ޒަކިއްޔާގެ މަރުގެ ތަހުގީގާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގިނަ ބަޔަކު އެކަމާ ގުޅޭ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ހިމޭން އިހްތިޖާޖެއް ކުރި އެވެ.

ރައީސް ވަނީ އެ މީހުންނާ ބައްދަލުކުރައްވައި ޝަކުވާތައް އަޑުއައްސަވާފަ އެވެ. އެ މީހުން މިއަދު ވެސް ބުނީ ޒަކިއްޔާ އަމިއްލައަށް މަރުވީ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާކަމަށް ދެކޭ ކަމަށެވެ. އެހެންވެ، އިންސާފުވެރިކޮށް މައްސަލަ ބަލައިދިނުމަށް، ރައީސް އަރިހުން އެ މީހުން އެދުނެވެ.

އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ:

  •  އެކަން ހިނގައި ދިޔަ ގޮތް ގާތުން ބައްލަވާނެ ކަމަށް

  • އަދި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް 

 ފުލުހުން ހިންގި ތަހުގީގާ މެދު ހިތްހަމަނުޖެހޭތީ ފުލުހުން އެއްކައިރިކޮށް މިނިވަން ކޮމިޝަނަކާ އެ ތަހުގީގު ހަވާލުކުރަން އާއިލާއިން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ އެދިފަ އެވެ. ޒަކިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝަފިއްޔާ މޫސާ ރައީސަށް ފޮނުވި ސިޓީއެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށް 3ޑީ ސްކޭނެއް ހެދިތޯ ސުވާލުކުރުމުން އެ ސުވާލަށް ފުލުހުން ޖަވާބު ދީފައެއްނުވޭ

  • ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށް ސްކޭން ހެދި ތާރީހެއް އަދި ސްކޭން ކުރި ޑޮކްޓަރެއް ބުނެއެއްނުދޭ

  • ފުލުހުން ފުރަތަމަ އޮޓޮޕްސީ ހެދުމުގެ ވިސްނުން ނުގެންގުޅެ، އޭގެ ހަ މަސް ފަހުން ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށް އެފަދަ ސްކޭނެއް ހެދޭނެ ގޮތެއް ވެސް ބުނެއެއްނުދޭ

  • މި މައްސަލާގައި ގެވެށި އަނިޔާއަށް ތުހުމަތުކުރެވޭ ކަންކަން ހުރި ނަމަވެސް ތުހުމަތު އަމާޒުވާ މީހުންނާ ސުވާލުކޮށްފައެއް ނުވޭ އަދި ފޯނުތައް އަތުލައި ތަހުލީލެއް ނުކުރޭ

ކޮމެންޓް (1)

ތެފައާސާ.

22 ޖުލައި 2025
ލޯކަލް ކައުންސިލްގެ ކެމްޕޭނަށް ވަޑައިގެންވިއަސް އެ އާއިލާއާއި ބައްދަލުކުރައްވައި، ހުރިހާ ގަލެއް ފުރޮޅާނޭކަމުގެ ވައުދު އާ ކުރެއްވުމަކީ ކޮންމެވެސް ވަރެއް. އަނެއްހެން އިތުރަކަށް މާކަބޮޑު ކަމެއް ވާނީކީނޫން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް