މާލެއިން ގެއްލިގެން ހޯދަމުންދާ ހަސަން ޔާމީން، 30

ގެއްލިގެން ހޯދާ ޒުވާނާ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ފެނޭ: ފުލުހުން

އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ މެރިން ފުލުހާއި ކޯސްޓް ގާޑުން

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ގ. ގާނެޓް ހަސަން ޔާމީން، ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އުމުރުން 30 އަހަރުގެ ޔާމީން ގެއްލިގެން، އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޭނާ ގެއިން ނުކުމެގެން ދިޔަތާ ތިން ދުވަސް ފަހުން، މި މަހުގެ 14 ވަނަ ދުވަހު އެވެ.

ތަފްސީލް - ފުލުހުން ބުނިގޮތުގައި:

  • ޔާމީން ހޯދުމަށް، ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ވަނީ ދިރާސާކޮށްފައި

  • އޭގެ ތެރެއިން އެއް ފުޓޭޖުން، 13 ވަނަ ދުވަހުގެ ފަތިހު 3:24ގައި އޭނާ ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ފެނޭ

  • އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް މެރިން ފުލުހާއި އެމްއެންޑީއެފް ކޯސްޓް ގާޑް ގުޅިގެން އަންނަނީ ކުރަމުން 

ފުލުހުން ވަނީ މި މައްސަލައާ ގުޅޭގޮތުން، ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އެދިފަ އެވެ. އަދި އާއިލާއަށް އިހުތިރާމްކުރުމުގެ ގޮތުންނާއި ތަހުގީގުގެ ނަޒާހާތްތެރިކަން ހިފެހެއްޓުމަށް، ފުލުހުން ދޭ މައުލޫމާތަށް އެކަނި ބަރޯސާވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް